"ޝޭޚުންގެ ޖުއްބާޔާ ފަގުޑި ލައިގެން މިތާ އިބިލީސް އުޅޭ"
ޝޭޚުން މިކަން ކަމުގައި ވަރަށް ވިސްނައި ސަމާލުވެގެން އުޅޭ
ދުނިޔޭގެ މާއްދީ އެދުމުގައި ހުރިހާ މުނާފިގު ސިފަތަކުން،
ދުނިޔޭން މަގާމާ ޢިއްޒަތާ ބޭނުން ކުރާ ޝޭޚުން އުޅޭ
އަޞްލެއްނުވާ ބަދުނާމުތައް މީިހުންގެ ބޮލުގައި އެޅުވުމަށް
ދައްކަން ނުކުމެ އަޑުގަދަ ޙިމާރުގެ އަޑުލަވާ ޝޭޚުން އުޅޭ
ކޮންފަދަ ޤަދަރުވެރި ބޭކަލުންތޯ؟ ޢިލްމުވެރި ޝޭޚުންނަކީ
ކޮންފަދަ ނުބައިތޯ ޖާހިލީ "ދެފުށަށް ކެނޑޭ" ޝޭޚުން އުޅޭ
ދީނުގެ ނުބައިވީ ކުށްކުށަށް މީހުން އަރައި ގަތަކަސް އެކަން
މީހުން ތެރޭ ކުށްވެރި ކުރަން ނުކެރޭ ނުބައި ޝޭޚުން އުޅޭ
ދުނިޔޭގެ ޤަދަރާ ޢިއްޒަތާ ދަހިވެތިކަމުގެ އެދުމަށްޓަކާ
ހުރިހާ ނުބައިވީ ކުށް ކުށަށް ރަނގަޅޭ! ބުނާ ޝޭޚުން އުޅޭ
މިތަނުގެ ރަނގަޅު ޝޭޚުންގެ ޤަދާ ޢިއްޒަތާ ހިފެހެއްޓުމަށް،
މިކަހަލަ ފަގުޑި، ޖުއްބާ، ދަމައިގަންނަން ޖެހޭ ޝޭޚުން އުޅޭ
