ހަނދުމަ އެބަހުރިތޯ؟ ވަޢުދުކޮށް ރައްޔިތުން ކައިރީ ދުލުން ބުނި
ޢަދަދު ނުވެވޭހައި އެތައް މޮޅު ކަންކަމެއް ކޮށްދޭނަމޭ ބުނި
ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންތައް ކުރަން ބުނި
ރައްޔިތުންނަށް ގެއްލުމެއް ހުރިކަން ކަމެއް ނުކުރާނަމޭ ބުނި
ރައްޔިތުންނަށް ޙައްގުތައް ހަމަހަމަ އަސާސީ ދޭނަމޭ ބުނި
ރައްޔިތުންގެ އަމާނަތަށް ދުވަހަކު ޚިޔާނާތެއް ނުވަން ބުނި
ކަންކަމަށް ތެދުވެރި އަމާނާތްތެރި އަކަށްވެސް ވާނަމޭ ބުނި
ވައްކަމާއި ކޮރަޕްޝަނާ، ގައުމުން އެކީ ފޮހެލާނަމޭ ބުނި
ރައްޔިތުންނަށް "ދިމަޤްރާޠީ" ވެރިކަމެއް ކޮށްދޭނަމޭ ބުނި
ރައްޔިތުންނަށް މީޑިޔާ، މިނިވަން ކުރައްވާނޭ ކަމަށް ބުނި
ރައްޔިތުންނީ ދުލުގެ މިނިވަން ނޫސްވެރިންނަށް ވާނެޔޭ ބުނި
ރައްޔިތުންގެ ޚިޔާލު ފައުޅުކުރަން ލިބޭނޭ ހަރުއަޑުން ބުނި
މިތަނުގައި ވަންނާނެ ގެދޮރެއް ގިނަބައެއްގެ ނެތޭ އެދުހު ބުނި،
މިތަނުގައި ހަމަ އެންމެނަށް ގެދޮރާ ފުލެޓު ދޭނޭ ކަމަށްވެސް ބުނި
ޖޫރިމާނާއެއް މަގޭ ސަރުކާރުގައި ނުކުރާނަމޭ ބުނި
ޖޫރިމާނާ ހޯދުމަށް އަދި އިސްޓިކާ ނުޖަހާނަމޭ ބުނި
ވީގޮތެއް ނޭނގޭ އެތައް ގިނަ މަރު ތަކެއް ހޯދާނަމޭ ބުނި
ޖީލު އޮތް، ޑްރަގުގެ ވަބާ އެއްކޮށް އެކީ ފޮހެލާނަމޭ ބުނި
ރައްޔިތުން މިނިވަންކަމާ އުފަލުންމިތާ އުޅެވޭނެޔޭ ބުނި
ރައްޔިތުން އަޅުވެތި ވެދާނެކަމެއް މަށެއް ނުކުރާނަމޭ ބުނި
ޚަރަދު ބޮޑުކުރުމަށް އިތުރު އިސްރާފުވެސް ނުކުރާނަމޭ ބުނި
އަދަދު ލިސްޓަށް، ގިނަ ސިޔާސީ އެކި މަގާމު ނުލާނޭ ބުނި
ޖުޑިޝަރީ މިނިވަން ކުރާނެ ކަމަށް ވަރަށް ތަކުރާރުކޮށް ބުނި
މުޅި މި ސަރުކާރުން ޢަދުލު އިންސާފު ހޯދައިދޭނަމޭ ބުނި
މާތްވި އިސްލާމްދީން މިތާ ދަމަހައްޓަދޭނެ ކަމަށް ދުލުން ބުނި
މާތް ރަސޫލާ ސުއްނަތާ ޤުރްއާނަކީ މަސްދަރު ކަމަށް ބުނި
ރައްޔިތުންގެ މިޙައްޤުތައް ރައްކާކުރަން "ގަންދީ ހުވާކުރި"
ރައްޔިތުންނަށް ޢަދުލުވެރިވި ޢަދާލަތެއް ލިބިދޭނަމޭ ބުނި
ރައްޔިތުން މިތިބީ ހަނދާންވެސް ނެތިފައެއްނޫނޭ ތި "ބުނި ބުނި"
ރައްޔިތުންނަށް ވަޢުދުތައް ފުއްދައިދެވުނުތޯއޭ؟ ދުލުން ބުނި