Support Us

ބައްޕަ ފަރާތު އާއިލާ ދުރުވަނީ ކީއްވެ؟

އާއްމުކޮށް މުޖްތަމަޢުގައި ކުދިން ކައިރިވަނީ މަންމަ ފަރާތު އާއިލާގެ މީހުންނާއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އަނބިމީހާ ގެއަށް ގެންނަ ހިސާބުން ފިރިމީހާގެ އާއިލާއިން އަނބިމީހާ ގަބޫލުނުކޮށް ދަރިން ލިބުމުންވެސް އެ ހަސަދަވެރިކަން ދެމެހެއްޓޭތީއެވެ.

ދުރުން ގެއަށް އަންނަ އަނބިމީހާގެ އާދަތައް ތަފާތުވުމުން އަބަދުވެސް ފިރިންގެ އާއިލާއަށް އެކަން ބަލައިނުގަނެވުން އެއީ މި ގުޅުން ހީނަރުވުމުގެ އަސްލަކަށް ވެދެއެވެ. ގޭތެރެއިން އަނބިމީހާއާ މެދު ފެށޭ ކުޑަކުޑަ ހިތްހަމަނުޖެހުން ބޮޑުވެ ފިރިމީހާގެ އާއިލާ މީހުންނާ ގުޅުން ހީނަރުވެ ކުދިންނާ ހިސާބަށްވެސް މިކަން ފޯރަނީއެވެ. ގޭތެރެއިންވެސް ތަފާތުކުރުންތައް ފެނި ކުދިން ޅަ އުމުރުން ފެށިގެންވެސް ގުޅުން ކުޑަވަނީއެވެ.

މަންމައަކީ ތަރުބިއްޔަތުގެ އަސްލު ކަމަށް ވީ ހިނދު މަންމައަށްވެސް އަމިއްލަ ކުދިންނަށް ބައްޕަ އާއިލާގެ މުހިއްމުކަން ބުނެދެވެނީ މަންމަ ދެކެ ފޫހިވާ ބައެއްގެ ގޮތުގައެވެ. ކުދިން ކުޑައިރު ކުދިންގެ މަންމައާ ދޭތެރޭ ގޭތެރެއިން ދުރުކަން ބާއްވާނަމަ ކުދިންވެސް އެބަޔަކާ ދުރުވާނެއެވެ.

ރަހިމުގެ ގުޅުންތައް ދެމެހެއްޓުމަށް ގަބޫލު ކުރަންވީ އަހަރެންގެ މަންމަގެ ތަރުބިއްޔަތު ދޮންބެގެ އަންހެނުން ގައިގައި ހުންނަން ނުޖެހޭނެކަމެވެ.

ދަސްކުރަންވީ ތަފާތު ހިޔާލުތަކާއި ތަފާތު އާދަތައް ގަބޫލުކުރާށެވެ.

ގޯސް ރަނގަޅުކުރަން ބުނެދީ އެކުވެރިވެ ނަމޫނާ ދައްކަންވީ ގޭތެރެއިންނެވެ.

ދުލުން ބުނެގެން ގުޅުން ބަދަހިނުކުރެވޭނެކަން ދަންނާށެވެ. ދައްކަންޖެހޭނީ އަމަލުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *