ރާގު: ލިލީ އޮފްދަ ދިވެލި
އަލުން ހިތުގެ ގުލްޝަން މަލުން ފަރިވެލީއޭ
ވަހުން އޭގެ ތާޒާ ރިހުންތައް ފިލީއޭ
މިލާ ދިޔަ ވަމުން މޯޅި މާޒީގެ ގަސްތައް
ވިލާ ވެއްސި ވާރޭއަކުން ކުރި ފެޅީއޭ
ޚަރީފެއްގެ ހޫނުން ބިމެއް މަރުވެގެން ދިޔަ
ރަބީޢެއްގެ ރޫހުން ދިރުން ލިބިދިނީއޭ
މަލާ ކަށިތަކާ ފަތްތަކާ ކަރުނައެޅިހާ
ސަލާމުން ޒަމާނެއްގެ ހިނިތުންކުރީއޭ
ވެފައި އިއްޔެ ފަޅު އޮތް އެބާޣުގެ ތެރޭގާ
އުފާވެރި ކޮކާތައް ކިޔަން ލަވަ ފެށީއޭ
ބަހާރެއްގެ ހުރިހާ ވަހާ ކުލަ ވެ ތާޒާ
ގަހާ ވެޔޮތަކުން ރީތި ޒިނަތް ވެލީއޭ
ހިތެއް ޢިޝްގަކުން ގެއްލިގެން ދިޔަ އަނދިރިވީ
މުތެއްހެން އަލުން ދިއްލި ރޯޝަންވެލީއޭ