ވަނީ ހޯދަހޯދާ ދެލޯ ރޯލަރޯލާ
އޮހޭ ކަރުނަޔާ ވޭން ހިނގާ ތަންމަތީގައި
ބަހާރުގެ ވަހޭ ފެތުރެނީ ތިޔަ ހުޅީގައި
ގަހާތަރި ފަދައިން ވޭ ވިދުން ކަންހުޅީގައި
އަހާފައި ވެޔޭ ޝޯޚު ނަން ބިންމަތީ ގައި
ވަނީ ހޯދަހޯދާ
ވިދާ ތަރިތަކާ ހަނދު އެތާ މާ މަތީގައި
ނިދާ އުފުލަނީ ރާގުތައް ދޫމަތީ ގައި
ފިދާވަނަމޭ ބުނެ ތިބާ އުނގުމަތީ ގައި
ވަނީ ހޯދަހޯދާ
އޮތީ ލެއްވިފައި މަލްމަލީ ފަށުވި ފޭރާން
އޮތީ ބިންތަކަށް ވެރިވެފާ އޭގެ ހައިރާން
އޮތީ ހިތް ވެފައި ވަގުފު ތިޔަ ނަންމަތީގައި
ވަނީ ހޯދަހޯދާ
ވެޔޭ ރޫޙު ޖިސްމާއި ގުޅި ތިޔަ ވެލީގައި
ވެޔޭ އެކުވެ ނޭވާ ތިބާ ހެލިފެލީ ގައި
ވެޔޭ ވިންދު ލާމެހި ނިމޭ ދޮރުމަތީގައި
ވަނީ ހޯދަހޯދާ
މިއީ ރަލުގެ މަސްތެއްގެ އަސަރެއް މެ ނޫނޭ
މިއީ ލޯބި ޖަޒުބާތު ކައްކާލި ހޫނޭ
މިއީ އެކަނި ޢިޝްޤޭ ދިރުނު މޭމަތީގައި
ވަނީ ހޯދަހޯދާ
ދިޔައިމާ ދުރަށް ދެން އޮތީ ހުސް ހަނދާނޭ
ކިޔާކަށް ޅެމެއް ނެތް އަލުން ދެން ކިޔާނޭ
ގިޔާމަތުގެ އަސަރޭ ވަނީ ކުރިމަތީ ގައި
ވަނީ ހޯދަހޯދާ