Support Us

ނެތިން ނުބުނާކަށެއް

އަހަރެންނަކަށް މިއަދަކު ނެތޭ ނުކިޔާ މިލަވަ ދެން ވާކަށެއް
ފަހަތުން ޖަހާ ބެރަކަށްމަގޭ ނުނަށާ މަޑުން ހުރެވޭކަށެއް

އަހަރެންގެ ޖާނީދުޝްމިނުން ދާނޑުގަ އެދުހު ތިބި ލަޝްކަރުން
އަހަރެންގެ އަދު މިތުރުން ކަމަށް ނުބަލާ ކޮޅަށް ތެދުވޭކަށެއް

ގޭދޮށު އަވައްޓެރިޔާ އަކީ ލޭބޯ އަބަދު ވިހަ ފަންޏަކީ
ދޭތީ ހަކުރު ބޮޑުބޭ ކަމަށް ނުކިޔާ ފަރަކުޖެއްސޭކަށެއް

މާޒީގެ ލިޔެދިން ފަތްފުށާ ތާރީޚު ހެކިދޭ އިބުރަތާ
ޣާޒީންގެ ސާބިތު ހިއްވަރާ ފަރުދާނުކޮށް އުޅެވޭކަށެއް

ބާޑީފަށުން ނެރެގެންދަމާ ބާޒީ މަށަށް ދިނަތީ ނަމާ
ޣާޒީގެ ލަގަބާ ފައްޓަރާ އަޅުވައިނުދީ ވެސް ވާކަށެއް

އޭނާ ބުނީމާ އަނގަވަތަށް ވެއްޓެން ވިޔަސް އަދި ބަނޑުވަތަށް
ވޭނާ އެކީ އަނދަވަޅުތަކަށް ފުންމައިނުލާ ހުރެވޭކަށެއް

ތުނިވާތަނެއް ގޮސް ފޫދިޔަސް އުނިވާތަނެއް ނެތި ހުސްވިޔަސް
ބުނިހާ ކަމެއް އަދު ކޮށް ނުދީ ގޮނޑިއަށް ސަވާރުވެވޭކަށެއް

ހެޔޮކަމުގެ ކުލަލާ ބޭރުގާ ތެޔޮހަން ދަމާނޭ މާދަމާ
ހެޔޮއެދި ބަޔަކު ބުންޏަސް އަލުން އެ ހަގީގަތަށް ދީލޭކަށެއް

ދަމަކަށް ނުދޫކޮށް ވެސް ދަމަކު ލަވަމުން ހަޅޭ އުޅުނަސް ބަޔަކު
ހަމަކަށް ނުވަންޏާ ތަދު މަގޭ ވަރިހަމަ ނުކޮށް ވެސް ވާކަށެއް

އަހަރެންގެ ނަފުސަށް ވެސް ހަޔާތް އޮޅުވާލުމަށް މަޖުބޫރުވޭ
އަހަރެންގެ މައްޗަށް އަހުރެނަށް ބާރެއް ނެތޭ ފޯރާކަށެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *