Support Us

މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފައި -ފޮޓޯ: ޕޮލިސް

އިދިކޮޅު މުޒާހަރާ ހައްްޕުނޑަށް ބަދަލުވެއްޖެ، މައްސަލަ ބަލަނީ

ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ރޭ ބޭއްވި މުޒާާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ފުލުހުން ބަލަަން ފަށައިފި އެވެ.

މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފައި -ފޮޓޯ: ޕޮލިސް

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާނުވާ ކަމަށެވެ.

މުޒާހަރާގެ ތެރެއިން ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓުވީީޓެއްގައި ވިދާޅުވެފައި ވަނީ އެ އަމަލަކީ ވަރަށް ވެސް ނާތަހުޒީބު އަމަލެއް ކަމަށާއި އެ އަމަލް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.


"މުޒާހަރާގެ ތެރެއިން ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެ ދެ ފުލުހުންގެ ގާނޫނީ ވާޖިބު އަދާ ކުރަމުން ދަނިކޮށް. އެ އަމަލަކީ ވަރަށް ވެސް ނާތަހުޒީބު އަމަލެއް. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ފޮޓޯތަކާ އެކު ކޮމިޝަނާ ކުރެއްވި ޓުވީޓްގައިވެ އެވެ.

ހައްޕުނޑު ޖެހި ކަމަށް ވިދާޅުވެ ކޮމިޝަނާ ކުރެއްވި ޓްވީޓުގައި އޮތް ފޮޓޯއެއްގައި ފުލުސް މީހާގެ ކޮނޑުމަތީގައި ރީތިކޮށް އޮތް ފޯއްފޮއްޗެއް ވެސް އޮތެވެ. އެހެންކަމުން އެއީ ފުލުހުންގެ ރޭވުމެއް ކަމަށް ބުނެ ފުލުހުންނާ ދިމާލަށް މީސްމީޑިއާގައި ދަނީ ރައްދު ދެމުންނެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *