Support Us

އެންމެ ހެޔޮވެގެންވާ މަރަކީ…

ހެޔޮ ނިމުމަކީ ނުވަތަ ހެޔޮ މަރަކީ އަޞްލު ކޮބައިހެއްޔެވެ؟

މިސްކިތުގައި ވަނިކޮށް ހެއްޔެވެ؟

މުޞައްލަ މަތީގައި ވަނިކޮށް ހެއްޔެވެ؟

ސަޖިދައިގައި ވަނިކޮށް ހެއްޔެވެ؟ ނޫނީ

މުޞްޙަފު ހިފައިގެން ޤުރްއާން ކިޔަވާ ޙާލު ހެއްޔެވެ؟

އިސްވެދިޔަ ކަންކަމަކީ ހެޔޮ މަރެއްގެ ޢަލާމާތްތަކުގެ ތެރޭގައިވާ ކަންކަމެވެ. ނަމަވެސް އެއީ "ޝަރުޠުތަކެއް" ނޫނެވެ.

ފަހެ މި ދުނިޔެ ދުށް އެންމެ މާތް އިންސާނާ، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ ސުވަރުގެ ވަޑައިގަތީ އެކަލޭގެފާނުގެ އެނދު ދާންކޮޅު މަތީގައިވާ ޙާލުގައެވެ. އެކަލޭގެފާނުގެ އެންމެ ގާތް އެކުވެރިޔާ، އެންމެ މާތް ޞަޙާބީ އަބޫ ބަކުރު ރަޟިޔަﷲ ޢަންހު ވެސް އަވަހާރަވީ އެފަދައިން އެކަލޭގެފާނުގެ އެނދު ދާންކޮޅުމަތީގައެވެ.

ﷲ ތަޢާލާގެ ކަނޑި ކޮޅުގެ ލަޤަބު ލިބިވަޑައިގެންނެވި، ސަތޭކައަށް ވުރެ ވެސް ގިނަ ހަނގުރާމަ ކުރައްވައި އޭގެ އެންމެ ހަނގުރާމައަކުން ވެސް ބަލިވެވަޑައިނުގަތް ޚާލިދު ބިން ވަލީދު ރަޟިޔަﷲ ޢަންހު އަވަހާރަވެވަޑައިގަތީ ވެސް އެކަލޭގެފާނުގެ އެނދު ދާންކޮޅު މަތީގައެވެ.

އެހެނެއް ކަމަކު،

  • ހެޔޮވެގެންވާ މަރަކީ ޝިރްކުން ބަރީއެވެގެންވާ ޙާލު ތިބާ މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ ނިފާޤުކަމުން ތިބާގެ ހިތް ސާފުވެގެންވާ ޙާލު ތިބާ މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ ބިދުޢަތަކާ ދުރުހެލިވެގެންވާ ޙާލު ތިބާ މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ ޤުރްއާނާއި ސުންނަތުގެ މަތީގައި މުއުމިނެއް ކަމުގައިވާ ޙާލު ތިބާ މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ މުސްލިމުންގެ ލެޔާއި މުދަލުން ތިބާގެ އަތް ސާފުވެގެންވާ ޙާލު، އެއްވެސް މީހަކަށް އަނިޔާވެރިނުވެ މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ އެއްވެސް މުސްލިމަކާ މެދު ރުޅިވެރިކަމެއް، ޙަސަދަވެރިކަމެއް ނުބާއްވައި ޠާހިރު، ސާފު ހިތަކައިގެންވާ ޙާލު މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ ފަސް ނަމާދު އޭގެ ވަޤުތުގައި ޖަމާޢަތުގައި އަދާކޮށް ތިބާގެ އަހްލުވެރިންގެ ޙައްޤުތަށް އަދާކުރާ ޙާލު މަރުވެދިއުމެވެ.
  • ހެޔޮވެގެންވާ މަރަކީ ތިބާގެ ދީނުގެ ކަންކަމަށް ފަރިވާތެރިވެ، ތިބާގެ އަވަށްޓެރިޔާ އަށް ހެޔޮކޮށް ހިތައި، ރަޙިމުގެ ގުޅުން ދަމަހައްޓައި، ކުޑަކުދިންނަށް ރަޙުމްކޮށް ބޮޑެތި މީހުންނަށް އިޙްތިރާމްކުރާ ޙާލު މަރުވެދިއުމެވެ.

ޔާ ރައްބު، އަޅަމެންގެ މަރަކީ ހެޔޮވެގެންވާ މަރެއް ކަމުގައި ލައްވައި، އިބަ އިލާހު އަޅަމެންނާ މެދު ރުހިވޮޑިގެންވާ ޙާލު މެނުވީ އަޅަމެންގެ މަރުނުގަންނަވާށިއެވެ. އާމީން!

-علي منصوري-

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *