Support Us

ޢިބްރަތް ޙާޞިލެއް ނުކުރަންތޯ؟

ދުނިޔެ ހިނގަމުން ދާގޮތާ، ގޯސް ވެރިކަމުގެ މަންޒަރު ފެނޭ ތޯ
މުނިއަވަސް ފިލުވައިލެވޭނޭ ވަގުތު ރައްޔިތުނަށް ލިބޭ ތޯ

އެންމެ ކައިރި އަވަށްޓެރިންނަށް ޖެހުނު ޙާލު ނުފެންނަނީތޯ
ފެންނަ މިކަހަލަ ކަން ކަމުންވެސް ޢިބްރަތެއް ފަހެ ނުލިބެނީތޯ

"ކޮރަޕްޝަން އޮށް އިންދަމުން މުޑުވައް ކުރަންފެށި ދައުލަތެއް"
ގޮސް އެކީގައި، އިންދިރާސްވެވި، ދިޔަ ތަނެއްވެސް ނުދެކެނީތޯ

ބިލިއަނުން ގުނަމުން ދަރަނިތައް ބޮޑުވަމުންދާ ޤައުމަކުން،
ހިތި ނަތީޖާ ރައްޔިތުން އުފުލައި، އެ ޙާލަތު ނޭނގެނީތޯ

ރައްޔިތުންގެ އަސާސްތައްވެސް ނުފުދިގެން ހައި ހޫނުގައި،
ރައްޔިތުން އިޙްސާސްތައް އޮބިނޯވެ ދާތަން އެބަ! ފެނޭ ތޯ

ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލަމުން ދާނަމަ އެހެން
ރައްޔިތުން ކެތް މަދުވުމުން ދެން ވާގޮތަށް އެބަ ވިސްނަވަންތޯ

ދައުލަތުގެ ޝާނާއި ޝައުކަތު ހުރި ރިޔާސީ ގަނޑުވަރަށް،
ރައްޔިތުން ވެދެ ލޫޓުވާ މަންޒަރު ލޮލުން ރަނގަޅަށް ބަލަންތޯ

ގައުމުގައި ވެރިކަން ކުރެއްވެވި ލީޑަރުން، ގެދޮރާ މުދާ
ރަޙުމު ނެތިގޮސް ރައްޔިތުން އަލިފާންޖަހާ މަންޒަރު ދެކެންތޯ

ތަނުގެ އޮތް މިނިވަންކަމާއި، ކަނޑާ، ފަޅާ، އަދި ބިންތަކާ،
ރަހުނު ކޮށް ވިއްކާލުމުން ހުރި ހިތި ނަތީޖާ އެބަ ފެނޭ ތޯ

ދާގޮތުން ކަންކަން ދިރާސާ ކޮށް އުޅޭ މީހުން ބުނޭ
މާދަމާވެސް އަހުރެމެން ޙާލޭ މިއީ، އެބަ ވިސްނަވަންތޯ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *