ފުރާގު މި އެންމެނަށް ލިބިދޭ ޚަޒާނާއޭ ދިވެހި ބިމަކީ
ފުރާނަތަކަށް އަމާންކަންދޭ ޓިކާނާއޭ ދިވެހި ބިމަކީ
ލެޔާއި ލެއިން އުފަންވާ އާއިލާޔާ އާއިލީ ހިޔަލާ
ގެޔާއި ނިދީގެ ތަންމައްޗާއި ދާނާއޭ ދިވެހި ބިމަކީ
އެތައް ޤަރުނެއްގެ ފުން ލޯތްބާ ތަދާވޭނުން ލިޔެވިފައިވާ
އެތައް އިޙްސާސްތަކެއް އުތުރޭ ފަސާނާއޭ ދިވެހި ބިމަކީ
އިލާހީ ލޯބި، ދޭދޭ ލޯބި، ވަޠަނީ ލޯބި ހިނިތުންވާ
ދިލާސާ ހާ އުފާވެރި އާޝިޔާނާއޭ ދިވެހި ބިމަކީ
އަމިއްލަ އުފަން ބިމެއް ނެތް ނަމަ ފަހައި ކަތިލާ މި ދުނިޔޭގާ
އަމިއްލަވެފައި ހިލޭ އޮތް ދަގަނޑުދަހަނާއޭ ދިވެހި ބިމަކީ
އަސަރުގާ ދެ ކޮލުގާ ލޯބިކޮށް ބޮސްދޭން، މަސަލަހުން ވެދުމުގާ ހިތްދޭން
ނަޒަރު ހުރިހާ ލޮލުންދޭ ލޯބި ކަމަނާއޭ ދިވެހި ބިމަކީ
މި ލޯތްބަށް ބަދަލު އައުމެއް ނެތް މި ގުޅުމުގެ މާނަ އޮޅުމެއް ނެތް
ދެލ،ޯ ނަފުސާ، ހިތާ، ރޫޙާއި ޖާނާއޭ ދިވެހި ބިމަކީ
ނިދާ އުފުލާލަދެއްޗޭ ގަދަ އަޑުން އަބަދަށް މި އިއްވައިދިން
ވިދާ ތަޚުތާއި ތާޖާ އޭގެ ޝާނާއޭ ދިވެހި ބިމަކީ