Support Us

ޢީދު މުބާރިކު

ފިނިފެންމަލުން ޒީނަތްވެލީ ކަންކޮޅުތަކެއް ލޯ ހުޅުވިހާ
ހިނިތުން ވަމުން ބަރަކާތުގައި ކުރުމުން ސަލާމް عيدالضحى

ހިތްތަކުގެ ބޭރާ އެތެރެއާ ޠާހިރު ކުރުވި ރަމްޒީ ފިދާ
އަތްތަކުގެ ތެދުވެރި ޢަމަލުގައި ސާބިތު ކުރީ عيدالضحى

އުފަލުގެ ހަގީގީ މަންބަޢަށް ރޫޙީގޮތުން ވާސިލް ވެދާ
އުފަލެއްކުރުން ހިއްސާ، އަދާ ބައްދަލުކުރީ عيدالضحى

ވެދުމާ ސަލާމާ ތަހުނިޔާ ތަކުރާރުވާ ސިއްރާ އުފާ
ހަދިޔާ ބަދަލުވާ ހާދިސާ ޒިކުރާ ކުރީ عيدالضحى

އުފުލާ ނިދާ ވައިރޯޅިޔާ ފަތުރާލުމުން ޢީދުގެ ހިޔާ
އުފުލާލަމޭ ހެޔޮ ތަހުނިޔާ މޫސުމުގެ އައި عيدالضحى

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *