ޙައްޖުގައި ޝާމިލް ވިޔަސް ނުވިޔަސް އެމާތް ޙުރުމާތުގައި
ލައްވަވާނދޭ އެންމެހައި ތިބި މުސްލިމުން ބަރަކާތުގައި
ނޫރުފުޅު ވިދަމުން އެ ދާހިނދު މިއަދު މާތް ޢަރަފާތުގައި
ރޫޙު އިސްލާމީ ފަރިވެ ފޮޅިލާ ވަގުތު ހަފަރާތުގައި
ކޫރުތައް އެޅިހަޑި ހަޔާތް ކުޅަ އިސްވެ ދިޔަ ސަކަރާތުގައި
މޫނު ކުރިމަތިކޮށް އެ ނޫރުފުޅަށް ވަމޭ ޖަބަރޫތުގައި
މަންމަ އާ ބައްޕަގެ ފުށުން ހިނގި ޢަމަލަކުން ފިރުދައުސުގައި
ކަންހިނގާދިޔަ ގޮތް ގެނެސްދިން ޢިބުރަތެއް ފުން ދަރުސުގައި
އަންނަހިނދު ޛިކުރާވަމުން މިލެކުން ހިތުގެ އިހުސާސުގައި
ދަންނަވަން އެދި ފުއްސެވުން މިހުރީ ތެދުވެ ހަރަކާތުގައި