Support Us

އެންގޭޖްވުމަށް އައި ފިރިހެނާ ދިން ހަދިޔާގެ ވާހަކަ

ޒުވާން އަންހެނަކު ކިޔައިދިނެވެ.

އަހަރެންނާ ޚިޠުބާވުމަށް (އެންގޭޖްވުމަށް) އަހަރެންގެ ވާންއުޅޭ ފިރިމީހާ އެންމެ ފުރަތަމަ އައި ދުވަހު އަހަރެންނަށް މުޞްޙަފަކާއި ޗޮކުލެޓުކޮޅެއް ހަދިޔާ ކުރިއެވެ. އެހެނެއް ކަމަކު އެ މުޞްޙަފަކީ ވަރަށް ބާ މުޞްޙަފަކަށް ވުމުން ހައިރާންވެ އަހަރެން އެއާ ބެހޭ ގޮތުން ސުއާލު ކުރުމުން އޭނާ ޖަވާބުގައި ބުންޏެވެ.

"އާނއެކެވެ! ވަރަށް ބާ މުޞްޙަފެކެވެ! ކޮންމެ ސޫރަތެއްގެ ނިމުމުގައި ތިބާއަށް ޚާއްޞަ ސިޓީއެއް ވާނެއެވެ! ކޮންމެ ދުވަހަކު އެއް ސޫރަތް ކިޔަވާށެވެ! އޭގައި ކޮންމެ ދުވަހަކު ތިބާއަށް ސިޓީއެއް ވާނެއެވެ! ނަމަނަމަ ނާސް ސޫރަތުން ނުފަށާށެވެ! އެހެނަސް ފާތިޙާ ސޫރަތުން ފަށާށެވެ! އެއަށްފަހު ތިބާއަށް އެންމެ ފަހު ސޫރަތަށްފަހު ހަދިޔާއެއް ވާނެއެވެ!"

މަސްތަކަކަށް ފަހު އަހަރެން ސޫރަތުއް ނާސިއާ ހަމައަށް ވާޞިލުވެއްޖެއެވެ! ސޫރަތަށް ފަހުގައި ސިޓީ އުރައެއް އޮތެވެ! އޭގައި ލިޔެވިފައި ވަނީ….

"ﷲ ސުބްޙާނަހޫ ވަތަޢާލާ ހެކިކޮށް އަހަރެން ތިބާއަށް ވަޢުދުވަމެވެ.

އަހަރެން ތިބާއަށް ދުވަހަކު ވެސް ޚިޔާނާތްތެރިއެއް ނުވާނަމެވެ!

އަދި އަހަރެން ކީރިތި ޤުރުއާނުން ތިލާވާތު ކުރި އާޔަތްތައް އަހަރެންގެ ހިތުގައި ރައްކާތެރިކުރާ ހުށީމެވެ! ފަހެ މި މުޞްޙަފީ އަހަރެން ދަމުނަމާދުގައި ތެދުވެ، ތިބާ އަހަރެންނަށް ދެއްވާތޯ އެދި، ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ތިލާވާކުރަން ގެންގުޅުނު މުޞްޙަފެވެ!"

-وقفوهم إنهم مسؤولون-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *