Support Us

މިގޮތަށް ނިންމަންވީތޯ؟

ޒިންމާ ނަގަން ނުކެރުން އެއީ "ކެތްތެރިކަމާ ހިތް ތިރިކަމޭ"
ނިންމާ ބަޔަކު ތިޔަ ނިންމަނީ، ދީލަތިކަމާ، ހެޔޮފުޅުކަމޭ؟

ޒިންމާތަކެއް ބޮލުގައި އަޅަން، ރުހިގެން ހުވާކޮށް، ވަޢްދުކޮށް،
ޒިންމާތަކަށް އިހުމާލުވުން ބުނެވޭނެހޭ ކެތްތެރިކަމޭ؟

ވެރިކަން ޙަވާލު ވުމަށްޓަކާ ﷲ ގަންދީ ކުޅަ ހުވާ،
ވެރިކަމުގެ ބާރުލިބޭއިރަށް އެހަނދާން ނެތުންތޯ މޮޅުކަމޭ؟

ޝަރަފާއި ޤަދަރާ ޢިއްޒަތާ ބާރާ، ތިމާ ބޭނުންވެގެން،
ހަދަމުން އެދާ މަކަރާ، ދޮގަށް، ކިޔަނީހެތިޔަ ހިތްތިރިކަމޭ؟

ގައުމެއްގެ ހުރިހާ ހަރުމުދާ، ހުރިހާ ބިމާއި، ކަނޑާ، ފަޅާ
ގައުމުގެ "ޢަދުއްވުންނަށް ދިނުން" ބުނަނީހެތިޔަ ދީލަތިކަމޭ؟

މަކަރާއި ޙީލަތްތެރިކަމުގެ ހުނަރެއް އެއީ "ހަނު ހުރުމަކީ"
ކަމަކާ ޙަވާލު ނުވުން އެއީ، ބުނެވޭނެހޭ، ކެތްތެރިކަމޭ؟

ޢަމަލާ ބަހާ ސީދާ ނުވާ، ޢަދުލާއި އިންސާފެއް ނުވާ
ކަމަކަށްޓަކާ ވިސްނާނުލުން، ކިޔަނީހެ ތިޔަ މަޑުމޮޅިކަމޭ؟

އަތުގައިޖެހުނު މީހަކު ޖެހުނު ތަނަކުން ނަގައި ހުސްކޮށްލިޔަސް
ޢަދުލުގެ ޙުކުމް ނުކުރުން، އެއީ ބުނެވޭނެހޭ، ހެޔޮފުޅުކަމޭ؟

ދަރަނީގެ ދަންތުރައިން މިތާ ކަރުމަޅި އެޅޭއިރު ރައްޔިތުން
ހައި ހޫނުގައި ތިބެގެން ކިޔަންވީހޭ، ސިކުނޑިފުޅު މޮޅުކަމޭ؟

ދީނާއި، ޤުރްއާނާ، ޙަދީސަށް، ޖޯކުޖެހި މީހުން މިތާ
"ހީފާ މަޖާކޮށް އެ އުޅެނީ "ބުނެވޭނެހޭ އީމާންކަމޭ"؟

ފާއިތުވެދިޔަ ސަރުކާރުގައި ކުރިހާ ނުބައި، ފިލުވާލުމަށް،
އައިސްފާ މިތަން ވިއްކައިލިޔަސް، ބުނެވޭނެހޭ ހަމަ މޮޅުކަމޭ؟

ރުހުނަސް އަމިއްލަ އެދުންތަކެއް ޙާސީލްކުރަން ތިޔަ ބޮޑުވަރެއް،
"ފުނޑުކޮށްލިޔަސް ގައުމާ ވަޠަން" ބުނަނީހެ ތިޔަ ކެތްތެރިކަމޭ؟
***
ޒިއްމާތަކާ ވާޖިބުތަކާ އުފުލޭނެފަދަ ނެތް މީހަކީ،
އިންސާފުކޮށް ނިންމަން ޖެހޭނީ "ނުކުޅެދޭ މީހެއްކަމޭ"؟

ދަތި ޙާލުގައި މުޅިރައްޔިތުން ގޮތް ހުސްވެފައި ތިބި ވަގުތުގައި
"އަދި އެއްފަހަރު ބޭނުން ކަމަށް ބުނުމީ" އެއީ ލަދުނެތްކަމޭ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *