Support Us

ލޯބި

އާނގަވަޅަކުން ފޭދިގެން އައި އަލިކަމަށް ބެލުނީ ހިތުން
ނޭނގި ނަމަވެސް މޯޅިއަށްދެމި ތެދުވި އިހްސާސުގެ ގޮތުން

ހިތުތެރޭގައި މާ ކުރިން ކުރަހާ ހިތުން ކުރި ރަން ބިނާ
ހުތުރުގޮތަކަށް ދުނިޔެއަށް ފެނުނަސް ނުބައިވީ ސާޢަތުން

ވިޔަނުވާ އުއްމީދުތައް މައުޞޫމު ހިތަކުން އުފެދިގެން
ދިޔަގޮތުން ކެހިވެރި ދަލެއްގައި ތާށިވީ ރުހި ހިތް އަތުން

އިޝްޤު ވަނުމަށް ހުޅުވި ދޮރަކުން ވަދެ ހިތަށް ވިސްނައިދިނީ
ކަޝްފުކޮށް އިއްޒަތް ނަގާލަން، ލޯބި ދިންހާ ލައްޒަތުން

ރުހި އެ މަސްތީ ބީހުމަށް ޖިސްމާއި ވިންދާ މަޑުމަޑުން
ދަހިވެ އާދަވި ނޭނގި ކަންކަންވީ ގޮތާ އަދި ހާލަތުން

ލޯބި ފުން އިހުސާސުގައި ގެނބި، އިންތަކުން ހިތް ބޭރުވެވި
ލޯބި އަސްލީ އޮންނަގޮތް، އޮޅުވައިލި ލޯތްބެއް ހީލަތުން

ލިބުނު އުފަލާ ލައްޒަތުން ފަސްބައި ފުރާލަން ބޭނުމަސް
ހިބަކުރީ އަނިޔާގެ ވޭންތައް ލޯބި އިންޒާރުގެ ރަތުން

ކެހިތަކާ މަޅިތަކުގެ ދަލުގައި ތާށިކޮށްފައި ލޯބިވާ
އެ ހުރިހާ ގުޅުމެއް ކަނޑާލީ، އަދު އޮތީ ކަނޑުގައި ފެތުން

ޒީނަތުގެ ބުނުމެއް މި ނޫނޭ! މީ އުޞޫލޭ ކަން ހިނގާ
ވޭނަކަށްފަހު ހާ އުފާވެރިކަން ލިބޭނޭ ރަޙުމަތުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *