Support Us

މީސްތަކުންގެ މެދުގައިވާ ކޮންމެ ގުޅުމެއް ނިމިގެންދާނޭ ދުވަހެއް އަންނާނެއެވެ!

ޝައިޚް ޠަންޠާވީ ރަޙިމަހުﷲ (ޝައިޚުލް އަޒްހަރު) ވިދާޅުވިއެވެ.

"އަހަރެންގެ ޢުމުރުގެ އެންމެ ފުރަތަމަ ކޮޅު ދިރިއުޅުނީ އަހަރެންގެ މަންމައާއި ބައްޕައާ އެކުއެވެ. އަދި އެ ދެ މީހުންނާ ނުލައި ވަކިވެ އަހަރެންނަށް ނޫޅެވޭނޭ އަހަރެން ހިތަށް އެރިއެވެ. ފަހެ އެ ދެ މީހުން ނިޔާވިއެވެ!

އެއަށްފަހު އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންނާ އެކު ދިރިއުޅުނީމެވެ. އެމީހުންނާ ވެސް ނުލައި ނޫޅެވޭނޭ ކަމަށް އަހަރެން ހިތަށް އެރިއެވެ. އެހެނަސް އެމީހުން ވެސް މީހުންނާ އިނދެ އެ މީހެއްގެ ޢާއިލާއާ އެކު ދިރިއުޅުން ފެށިއެވެ!

ހަމަ އެފަދައިން އަހަރެން ވެސް މީހަކާ އިނދެ، ދަރިން ލިބުނެވެ. އަދި އެ ކުދިންނާ ވެސް ވަކިން ނޫޅެވޭނޭ ކަމަށް އަހަރެން ހީކުރީމެވެ. އެއަށްފަހު ކުދިންވެސް ބޮޑުވެ، ކައިވެނިކޮށް އެ ކުއްޖެއްގެ ޢާއިލާއަކާ އެކު އެ ކުދިން ދިރިއުޅުން ފެށިއެވެ!

ފަހެ އެ ހިނދު އިންސާނާއާ އެކުގައި އޭނާގެ ވެރި ރައްބު މެނުވީ އެހެން އެއްވެސް ފަރާތެއް ނުވާނޭކަން އަހަރެންނަށް ޔަޤީންވެ ކަށަވަރުވިއެވެ!

މީސްތަކުންގެ މެދުގައިވާ ކޮންމެ ގުޅުމެއް ކެނޑި ނިމިގެން ދާނޭ ދުވަހެއް އަންނާނެއެވެ!

އަހަރެމެންގެ މައްޗަށް ވަނީ އެ އިލާހުގެ މަތިން ހަނދުމަކޮށް ޝުކުރުވެރިވެ އެ އިލާހާ މެދުގައިވާ ގުޅުން، ވީވަރަކުން ހެޔޮ ޢަމަލުކޮށް ބަދަހިކުރުމެވެ."

-وقفوهم إنهم مسؤولون-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *