އިގްތިޞާދީ ދަތުރުފެށި އޮޑިގަނޑު އެކީ އަޑިޔަށްދަނީ
އިގްތިޞާދީ ބޮޑު ކެޔޮޅަކަށް ވާނުވާއެއް ނޭނގެނީ
ކޮޅު އުނގުރި ލުހުނީހެ މިއޮޑީ، ދިޔަގަނޑެއް އަޑިޔެއްނުވޭ
ކޮޅު ވަތުން ބޮޑުފައި ނަގައި ހިއްކަން ކެޔޮޅު އެ ގޮވާލަނީ
އެންމެބޮޑު ފައިން ހިއްކަނީ އެންކެޔޮޅު އޮވެގެން ގުދު އަޅައި،
އެންމެ ގޮތަކުންވެސް މި ދިޔަގަނޑު އަޑިނުވާހެން ހީވަނީ
ބޮޑު ކެޔޮޅު އޯޑަރުދެނީ، މެދު އުނގުރިޔާ ދިއްޕަތް ދަށަށް،
ކުޑަ ސޮރަކު ވަދެ އެންމެ ރަނގަޅަށް ޗެކް ކުރާށޭ އަންގަނީ
ކޮޅު އުނގުރި ނޫނީ އެހެން ހުރިހާ އުނގުރި ރަނގަޅަށް ހުރީ
ކޮޅު އުނގުރި ވީތަން ނުވެސް އެނގެޔޭ އެސޮރު އެގޮވާލަނީ
ބޮޑުކެޔޮޅު ބުނަނީ އޮޑިން އެއްވެސް ތަނެއް އަޅެ ފޫދިޔައިތޯ
ކުޑަ ކެޔޮޅު ރަނގަޅަށް ބަލައި އަހުރެންގެ ކައިރީ ބުނެ ދެނީ
ކުޑަކެޔޮޅު ބުނަނީ މިއޮޑި ތިންތިން މަޑޫ ވެއްޓިއްޖެޔޭ
ފަރުގެ ކައިރިން ބޮޑު ގަލެއްގައި ޖެހުނުހެންނޭ ހީވަނީ
ހޭވަތުންނާ، ބޮޑު ވަތުންނާ، ކުޑަވަތުން ދިޔަ ހިއްކަނީ
ހޭފަށަށްވެސް ކައިރި ނުވަނީސް އޮޑިމިއޮށް އަޑިޔަށްދަނީ
މޫސުމާ، ނަކަތާ، އޮޔާ ވައި، ގިރި، ފަރާ، ނޭނގޭ ވަރުން،
ނޫޅުމޭ ރަނގަޅީ، ކެޔޮޅަކަށް، ފަޅުވެރިން އެ ގޮވާލަނީ
ރާޑަރުން މައްޗާއި އަޑިޔާ "އުތުރުކަރަ" މީހުން ބަލާނޭ
ހާސް ނުވާށޭ! ފަޅުވެރިންނޭ! ކެޔޮޅު ހުރެ އެ ގޮވާލަނީ
