Support Us

"އޭޝިއާ އެވޯޑްސް″ ވިއްކައިގެން އިންޑިއާ ކުންފުންޏަށް 119،340 ޑޮލަރު

ކޮންމެހެން ވެސް އެވޯޑު ބޭނުންވާ މީހުންނަށް ވަރަށް ފަސޭހައިން ގަނެލެވޭ "އޭޝިއާ އެވޯޑްސް 2022/2021″ ވިއްކައިގެން އިންޑިއާގެ ކުންފުންޏަށް 119،340 ޑޮލަރު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި ދިވެހިންނަށް ވިއްކި 51 އެވޯޑުން ލިބުނު 17،340 ޑޮލަރު ހިމެނެއެވެ.

އޭޝިއާ އެވޯޑްސް ފޭސްބުކް ޕޭޖުގައި ވާގޮތުން 4 ޖަނަވަރީ 2021 އިން 13 ޖޫން 2022ގެ ނިޔަލަށް "އޭޝިއާ އެވޯޑްސް 2022/2021″ 351 ފަރާތަކަށް ވަނީ ވިއްކައިފައެވެ. އެވޯޑެއް 340 ޑޮލަރުގެ މަގުން، މި 351 އެވޯޑް ވިއްކައިގެން 119،340 ޑޮލަރު "އޭޝިއާ އެވޯޑްސް" އަށް ވަނީ ލިބިފައެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ހޯދައިފައިވާ މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން އިންޑިއާ، ލަންކާ، މެލޭޝިއާ، ނޭޕާލް، ބޫޓާން، މޮރިޝަސް، ޗައިނާ، އަފްގާނިސްތާން އަދި ޒެމްބިއާގެ މީހުން ވެސް ހިމެނެއެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ގައި 46 ކެޓަގަރީއެއް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ މީހަކު ބޭނުންވެއްޖެ ނަމަ، މިއިން ކެޓަގަރީއެއްގައި ނުހިމެނޭ، އާ ކެޓަގަރީއެއް ހަދައިގެން ވެސް އެވޯޑް ލިބިދާނެއެވެ.

އިންޑިއާގެ ކުންފުންޏަކުން ހިންގާ "އޭޝިއާ އެވޯޑްސް" ބޭނުން ނަމަ ފޭސްބުކް އިން ފޯމެއް ފުރާލަންވީއެވެ. އެ ފޯމު މެދުވެރިކޮށް އެ މީހަކާ ބެހޭ މައުލޫމާތާއި ފޮޓޯ ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅުމުން، އެވޯޑް ލިބޭނީ 340 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ.

އެންމެ ފަހުން ބޭއްވި "އޭޝިއާ އެވޯޑްސް 2022/2021″ގައި ރާއްޖެއިން ހޯދި 51 ފަރާތުގެ ތެރޭގައި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މީހުންނާއި ކުޅިވަރާއި ކަސްރަތާއި ފެޝަން އާއި މުނިފޫހިފިލުވުމާއި ރިސޯޓުތަކާއި ވިޔަފާރީގެ އެކިއެކި ދާއިރާތަކުގެ މީހުންނާއި ތައުލީމާއި ސިއްހީ ދާއިރާގެ މީހުން ވެސް ހިމެނެއެވެ. އަދި ބައެއް ކުންފުނިތަކާއި ސްކޫލެއްވެސް ހިމެނެއެވެ.

އެވޯޑް ލިބުމުން ގައުމީ ދިދައާއެކު އެ މީހެއްގެ ފޮޓޯ ހިމަނައި "އޭޝިއާ އެވޯޑްސް"ގެ ފޭސްބުކް ޕޭޖުގައި ތަހުނިޔާ ކިޔަމުން ގެންދެއެވެ. ކުޑަ އަގެއްގައި ލިބޭތީ ބައެއް ދިވެހިން ވަނީ ތިން ހަތަރު އެވޯޑުވެސް ހޯދައިފައެވެ. ބައެއް މީހުން އަމިއްލައަށް ތައްޔާރުކޮށް ފޮނުވައިފައި ހުރި ވީޑިއޯ ޕްރޮފައިލް ވެސް "އޭޝިއާ އެވޯޑްސް"ގެ ފޭސްބުކް ޕޭޖުގައި ވަނީ ހިމަނައިފައެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ހޯދައިފައިވާ މީހުންގެ ނަންތަކާއި ފޮޓޯތައް 4 ޖަނަވަރީ 2021 އިން ފެށިގެން ގެންދަނީ އިއުލާންކުރަމުންނެވެ.

ތިރީގައި މިވަނީ "އޭޝިއާ އެވޯޑްސް 2022/2021″ ލިބުނު ކަމަށް އޭޝިއާ އެވޯޑްސް ފޭސްބުކް ޕޭޖުގައި 13 ޖޫން 2022ގެ ނިޔަލަށް އިއުލާންކޮށްފައިވާ ދިވެހިންނާއި ރާއްޖޭގެ މުވައްސަސާތަކެވެ.







https://adhives.mv/33764
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އަމިއްލައެދުން މިނަށްވުރެ ބޮޑުވެފަ ތިމާވަރުގެ މީހަކު ނެތޭ ހީވާން ފެށުމުން މިކަހަލަ މަޅީގައި ޖެހޭލެށް ނިކަން އަވަސް ވާނެ. މީގެ އެންމެ ސަޅި ކަމަކީ އެވޯޑު ވިއްކުން މައްސަލައަކަށް ނުވާކަން. އަމިއްލަ އިޚުތިޔާރުގައި މީހުން ގަންނާން ތިބިއްޔާ ނުވިއްކާންވީ ސަބަބެއް ނެތްތާ. އެވޯޑުގަތް އެންމެނަށް މަރުހަބާގެ ބަދަލުގައި މަލާމާތް ރައްދުވަނީ.

  2. މިމީހުން ހިޔެއް ނުކުރާނެ ކަންނޭގެ މިގޮތަށް އެވޯޑް ދީފަ މިމީހުންގެ ނަންތައް އިޝްތިހާރު ކުރާނެ ކަމަކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *