Support Us

ޔޯގާގެ ޙަޤީޤަތަކީ މިއީ

ޔޯގާ އަކީ ތިޔަ ހީފުޅުކުރައްވާ ގޮތަށް ހަމަ އެކަނި ޖިސްމާނީ ކަސްރަތެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ އެއީ އިރަށް އަޅުކަން ކުރާ މީހުން އިރަށް އަޅުކަން ކުރުމަށް ޓަކައި ގެންގުޅޭ ޚާއްޞަ ޙަރަކާތްތަކެކެވެ.

މިއީ ޤަދީމީ ޒަމާނުއްސުރެ ހިންދުސްތާނުގައި ފެތުރިފައިވާ ޢަޤީދާއެކެވެ. ސާންސްކްރީތު ބަހުން މި އަޅުކަމުގެ ނަމަކީ "ސަސްތަންގާ ސުރްޔާ ނަމަސްކާރު" އެވެ. މާނައަކީ "ހަށިގަނޑުގެ އަށް ހިސާބަކުން އިރަށް ސަޖިދަކުރުން" އެވެ. މި އަޅުކަމުގައި ހިމެނެނީ 10 ޙާލަތެކެވެ. ފަސްވަނަ ޙާލަތުގައި ދެ އަތާއި ނޭފަތާއި މޭމައްޗާއި ދެ ކަކުލާއި ދެ ފައިތިލައިގެ އިނގިލިތައް ބިންމަތީ ޖައްސަން ޖެހޭނެއެވެ.

ޔޯގާ ފަށަނީ އިރަށް ކުރާ ކުރުނީހަކުންނެވެ. ޔޯގާގެ ތަމްރީނުތަކުގެ ތެރޭގައި އިރަށް އަޅުކަންކުރާކަން ހާމަކުރާ ޖުމްލަތަކެއް (މަންތަރާ) ވަކި ވަޒަނަކަށް ފައްތައި ސޯރުކޮށްގެން ކިޔަމުންދާނެއެވެ. މި މަންތަރާތަކުގައި އިރުގެ 12 ބުރުޖުގެ ނަން ހިމެނެއެވެ.

އިރާ ކުރިމަތިނުލައި މި މަންތަރާތައް ނުކިޔާ މި ކަސްރަތު ކުރުން ހުއްދަވާނެ ހެއްޔެވެ؟

އިސްލާމީ ފަތުވާތަކުގެ ޚުލާޞާއަކީ:-

އިރަށް ކުރިމަތިލުމެއްނެތި އަދި ސަޖިދަކުރުމެއް ނެތި އަދި މި މަންތަރާތަކާނުލައި މި ކަސްރަތުތައް ކުރުމަކީ ޔޯގާއެއް ނޫނެވެ. އެކަމަކު މި ކަސްރަތުތައް ކުރާނަމަ މި އަންނަ ކަންތައްތަކަށް ރިޢާޔަތް ކުރަން ޖެހޭނެއެވެ.

  • ޔޯގާގައި އެ ބުނާ ތަރްތީބުން މި ކަސްރަތުތައް ނުކުރުމާއި ޔޯގާއާ އެއްގޮތްވިޔަ ނުދިނުމަށް ޓަކައި އައު ތަމްރީނުތަކެއް މި ކަސްރަތަށް އިތުރު ކުރުން.
  • ހިންދީ ދީނުގެ މީހުން މި ކަސްރަތުތައް ކުރާ ވަގުތުތަކުގައި (މިސާލަކަށް އިރު އަރާ ވަގުތުގައި) މި ކަސްރަތުތައް ނުކުރުން. މުސްލިމު ރިވާކުރެއްވިއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ތިބާ ފަތިސް ނަމާދު ކުރާށެވެ! އެއަށްފަހު އިރު އަރައި ލޮންސިއެއްގެ މިނަވަރަށް އިރު އުފުލިއްޖައުމަށް ދާންދެން ތިބާ ނަމާދު ކުރުމާ ފުރަގަސްދޭށެވެ! ފަހެ ހަމަކަށަވަރުން އިރު އަރާއިރު އަރާނީ ޝައިޠާނާގެ ދެ ދަޅު ދެމެދުންނެވެ. އެވަގުތު ކާފިރުން އެއަށް ސަޖިދަ ކުރާނެތެވެ.)) ކާފިރުންނާ އެއްގޮތް ވެދާނެތީ މި ފަދަ ވަގުތުތަކުގައި މާތް ﷲއަށް އަޅުކަން ކުރުން ވެސް މި ވަނީ މަނާކުރައްވާފައެވެ.
  • ޔޯގާ ހެދުމުން ނަފްސަށް އަރާމު ލިބޭ ވާހަކަޔާއި ފުރާނަ ސާފުވެގެންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ކޮންމެ އައު ކަމެއް ނުވަތަ ބިދްޢައެއް ނުވަތަ ޝިރްކެއް އުފައްދާ މީހާ މި ފަދަ ވާހަތަކުން އެ އުފެއްދުމަށް ސަނާ ކިޔައި މީސްތަކުން އެކަމަށް ލެންބުވުމަށް ޓަކައި މި ފަދަ ދޮގު ބާޠިލު ބިލާހީ ވާހަކަތައް ދައްކަތެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އެފަދަ މީހުންގެ ގާތަށް ޝައިޠާނުން އައިސް ވަސްވާސްދީ އެމީހުންގެ ހިތްތަކާއި ސިކުނޑިތައް މި ފަދަ ޚިޔާލުތަކުން ފުރައިލާނެއެވެ. ޙަޤީޤީ ރާޙަތާއި ޙަޤީޤީ ޠާހިރުކަން ލިބޭނީ ކީރިތި ޤުރްއާނުންނާއި ކައު ރަސޫލާގެ ސުންނަތަށް ތަބާވެގެންނެވެ.
    މާތް ﷲ ވަޙީ ކުރެއްވިއެވެ. ((أَلَا بِذِكْرِ ٱللَّـهِ تَطْمَئِنُّ ٱلْقُلُوبُ- الرعد: 28– މާނައީ: ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟))

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
411
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ސުބުޙާނަﷲ. ނާހަމަ ތެދެއްތަ؟ އަދި ކިރިޔާ މިއެނގުނީ މިއީ ކިހާވަރެއްގެ ކަމެއްކަން. މިކަން ހަނދާންކޮށްދީ އަދި މިލިޔުން ގެނެސްދިނުމުގެ ސަބަބުން ވަރަށް ބޮޑު މުންކަރާތަކުން މިސަލާމަތްވީ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަށް މާތްﷲ ހެޔޮ ދަރުމަ ދެއްވާށި. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *