ހުންއައުން މީ ޢާއްމު، އެހެނަސް ގަދަ އެހާ ވޭންހުރި ކަމެއް
ފުން ރިހުން ތަކުރާރުވާ ތަދުތަދު އަރާ ވޭންހުރި ކަމެއް
ގައި ރިހުން، ބޮލުގައި ރިހުން އެކުގައި ވަށާލައި ބަދަހިކޮށް
ގައިމެ އެ ހިނދަށް ކެތްނުވާ ކެކުޅުންތަކާ ވޭންހުރި ކަމެއް
ހުން އެއީ ރޯގާ ހުމެއްނަމަ، ވަސްވަހެއް އިޙުސާސްނުވާ
ހުން ހުރީވިއްޔާ ސަފުން، ރަހަ ވެސް ނުލާ ވޭންހުރި ކަމެއް
ކެއްސުމުން ކަރުތެރެ ބައެއް ފަހަރަށް ހަލާކުވެ ފާރުވާ
އެއްކަމަށްވުރެ ކަންކަމުން ތަކުލީފު ގިނަ ވޭންހުރި ކަމެއް
އަތްފަޔާއެކު ފިނިވެފައި ހުން ގަދަވެލައި ހީކެރުވުމުން
ހިތް ލަނގޮޑި މޭ ވިރި އޮހޭހެން ހީވެދާ ވޭންހުރި ކަމެއް
ކަށިތަކާ ސިކުނޑީގެ މަދުވެސް ފޫއަޅައިދާ ފަދަޔަކުން
ހަށިގަނޑާ ގުނަވަންތަކާ ޙިއްސާކުރާ ވޭންހުރި ކަމެއް
ދަންނަވައިލެވުނީ އަސާސީ ކަންކަމޭ ހުމުގައި ޖެހޭ
ނަންގަތީ ހިތި ތަޖުރިބާ! ހުމުގައިވި މީ ވޭންހުރި ކަމެއް
