...

Support Us

އަހުމަދު އާތިފު، ޑެޕިއުޓީ އެމް.ޑީ، އެޗްޑީސީ އަދި ރިފްއަތު މުހައްމަދު، ޗެއާމަން/ ސީއީއޯ، އައިޖ.ީއެސް (ވ)
އެޑްވަޓޯރިއަލް

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވުމަކީ އެޗްޑީސީގެ ވަރަށް ބޮޑު ފަޚުރެއް

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް އާއި އެޗްޑީސީ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައެއްގައި ދިވެހިރާއްޖޭގެ ހައިބަތު އިތުރަށް އުފުލާލައި ސައިންޓިފިކް މައުލޫމާތު އެއްކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ކުރުމަށްޓަކައި މި ސެޓެލައިޓް ހަދާ ޓެސްޓްކޮށް ލޯންޗްކުރުމަށް ހަވާލުވެފައި ތިބީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ގާބިލް އަދި އިލްމުވެރި ދިވެހި ޒުވާނުންނެވެ. މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ރާއްޖެ އަކީ ކުޑަ ގައުމެއް ކަމުގައިވީ ނަމަވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި މަސައްކަތް ކުރެވޭނެ ފަދަ ގާބިލުކަން ހުރި އަދި އެފަދަ މަސައްކަތްތަކާއި ކުރިމަތިލާ ބައެއްކަން ދައްކުވައިދީ ކުރިޔަށް އޮތް ޖީލުތަކަށް ހިއްވަރުދިނުމެވެ.

މިފަދަ މަސައްކަތެއް ރާއްޖޭގައި އަލަށް ކުރަމުންދާއިރު މިފަދަ މިޝަނެއްގައި ބައިވެރިވުމަކީ މި ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މި މިޝަންއަކީ ދިވެހި ޓީމްއަކުން ކުރަމުންދާ ވަރަށް ތާރީޙީ މަސައްކަތެކެވެ. އަދި މި މިޝަންގެ ޕްރޮޓޯޓައިޕް ސެޓެލައިޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެގައެވެ. އަދި ސެޓެލައިޓް ލޯންޗްކުރެވޭނީ ބޭރުގެ ޖައްވީ އިދާރާތަކާއި ގުޅިގެންނެވެ.

ދިވެހިރާއްޖެގައި ވެސް ދުނިޔޭގެ ފެންވަރުގައި އެކި ހުނަރުތައް ދިވެހި ޒުވާނުން ދައްކަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި އެއް ފެންވަރެއްގެ އެޕްލިކޭޝަންތައް ދިވެހިން ވަނީ ތަރައްގީކޮށްފައެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންގެ މިފަދަ އިސްނެގުންތަކުގައި މި ކޯޕަރޭޝަނުން އަބަދުވެސް މަރުހަބާ ކިޔާ މި ކޯޕަރޭޝަނުގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދޭނެކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. އަދި މި ޕްރޮޖެކްޓް އަކީ ވަރަށް އުއްމީދީ ޕްރޮޖެކްޓެއްގެ ގޮތުގައި ވެގެންދާނެކަން ކަށަވަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *