އަންހެނުން ނެތް ގުލްޝަނެއްގައި މާތަކެއް ފޮޅި ފަރިނުވާނެ
ވަސްބަލަން އަދި މާބުރާ ބަޅިނދާ ކޮކާލެއްވެސް ނުދާނެ
ރީތި އެކިއެކި ކުލަކުލައިން ފޮޅި މާމެލާމެލި ފަރިވިޔަސް
މީރުވަސް ލިބިދޭ ތަޞައްލީއެއް ހިތަށް ލިބިގެން ނުދާނެ
މާމަލުން ފޮނިބޮއެ އުފާ ޙާސިލްކުރަން ބަޅިނދާ ކޮކާ
ތާއަބަދު އެގޮތަށް ޝިކާރަ ކުރަން އެ ގުލްޝަނަކަށް ނުދާނެ
***
ދިރިއުޅެން ރޯޝަން ޙަޔާތެއް އެދުނަކަސް އެ ޙަޔާތަކަށް،
ދިރިއުޅުން ފަރުމާ ކުރަން އަންހެނަކުނެތި ފުރިހަމަ ނުވާނެ
ފިނިކަމެއް އުފަލެއް ހިތަށް ލިބިދޭނެ އެއްވެސް މަންޒިލެއް
ދިރިއުޅެން އެއްވެސް އަމާޒެއް އަންހެނުން ނެތިއެއް ނުވާނެ
ރީތި ތަނަވަސް ހެޔޮ ލަފާ ދަރިފަސް ކޮޅެއް ދެމި ދާގޮތަށް،
ރީތި ތެދުވެރި އަނތްބަކާއި ނުލައި އެކަން ޙާޞިލް ނުވާނެ
ފަޅުކަމެއް ނެތް ރީތި ނަލަ މުސްތަގުބަލެއް އަދި އެދުނަކަސް
ހަރުހަވެތި ނަލަ އަންހެނަކުނެތް ކުރިމަގެއް ރޯޝަން ނުވާނެ
ދާއިމީ ދަތުރެއް ފަށާއިރު ކެޕްޓަނާއެކު ދަތުރުގައި،
މާލިމީއަށް އަންހެނަކު ނެތި ،އަސްލު މަންޒިލަކަށް ނުދާނެ