އާދޭސް މިބަސްބުނުން އެދި އޮހޮނީ ދުލުގެ ޝިކާޔަތު
ނާ ދެއްވަވާށެ ރުހުމެއް ނެތަކަސް ތިބާ އިޖާޒަތު
އެއްޗެއް ވިދާޅުނުވިޔަސް ފުދެއޭ ހިމޭން ކަމެއް ވެސް
އެއްބަސްވުމެއްގެ ލިބުނީ އޭރުން ކަމަށް ޢިނާޔަތު
ބަހަކީ މި ފާޅުކުރެވޭ ފުންހިތުގެ ތެދު ބަޔާނޭ
ވަހުމެއް ނުގެންގުޅުއްވުން އެދުމުގެ އެއީ ނިހާޔަތު
މާޔޫސްވަމުން ދުވަސްތައް ފާއިތުވަމުން ދަނީއޭ
ސާބިތުކަމެއް ލިބޭތޯ ދެއްވާށެ ހެޔޮ ޙިފާޡަތު
އެނގުމެއްނުވާ ގޮތެއްގައި ހުއްޓާ މިތާގެ ރަހަތައް
ހަނގުރާމަ ފެށްޓެވީއޭ މީތޯ މިތާގެ ޢާދަތު
މައިދާނުގާ އަނދާ ގަދަ ހުޅުރޯކުރީ ތިބާއޭ
އާދައިގެ ނޫނެ ހޫނެއް ގެއްލިއްޖެ ހިތުގެ ޙާލަތު
ތެދުވެރި ޖިހާދުގައި ރަތް އޮހޮރާލި ލޭގެ ބަދަލަށް
އެދެނީ އަސީރަކަށް ވުން އެއްޔޭ މިބިމުގެ ރާޙަތު