Support Us

ސުންނަތް ނަމާދުތަކަށް ފަރުވާ ކުޑަކުރެވޭ ނަމަ…

  • ހަމައެކަނި އެންމެ އަހަރެއްގެ ތެރޭގައި ރަވާތިބު ސުންނަތް ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤަކީ 4،380 ރަކުޢަތެވެ.
  • އަދި އަހަރެއްގެ ތެރޭގައި ވިތުރީގެ އެއް ރަކުޢަތް ކޮންމެ ރެއެއްގައި ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤަކީ 365 ރަކުޢަތެވެ.
  • އަދި އަހަރެއްގެ ތެރޭގައި ޟުޙާ ނަމާދުގެ 2 ރަކުޢަތް ކޮންމެ ދުވަހަކު ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤަކީ 730 ރަކުޢަތެވެ.
  • އެއްކޮށް ބަލާލާނަމަ، އަހަރެއްގެ ތެރޭގައި އެ ސުންނަތް ނަމާދުތަކަށް ފަރުވާ ކުޑަކުރެވުނު މީހަކާއި އެއާ މެދު ރައްކާތެރިވި މީހެއްގެ ފަރަޤަކީ 5،475 ރަކުޢަތެވެ.

ކިހާ ބޮޑު ތަފާތެއްތޯއެވެ؟

އެއާ މެދު އަހަރެމެންގެ ކަންނެތް ކަމުން ފަރުވާކުޑަކޮށްލައި ދޫކޮށްލެވެނީ ކިހާ ވެސް ބޮޑު ހެވެއްތޯއެވެ؟

އަދި ހަނދުމަފުޅު ބަހައްޓަވާށެވެ! އޭގެ ކޮންމެ ރަކުޢަތެއްގައި ދެ ސަޖިދަ ވެއެވެ. އެހެނީ އެއީ ކޮންމެ ރަކުޢަތެއްގައި ވެސް ސުވަރުގޭގައި އުފުލިގެންދާނޭ ދެ ދަރަޖައެވެ.

ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ:

"ތިބާގެ މައްޗަށް ގިނައިން ސަޖިދަކުރުން ހުއްޓެވެ! ފަހެ ތިބާ އެ ސަޖިދައެއް ކުރުމުގެ ސަބަބުން، ﷲ ތިބާގެ ދަރަޖައެއް މަތިވެރިނުކުރައްވާ އަދި އޭގެ ސަބަބުން ފާފައެއް ނުފުއްސަވާ ސަޖިދައެއް ތިބާއަށް ނުކުރެވޭ ހުއްޓެވެ!" -ރިވާކުރެއްވީ މުސްލިމް

އަދި ޤިޔާމަތް ދުވަހު އަޅާގެ ފަރްޟު ނަމާދުތަކުން އުނިވެ ގޮސްފައިވާ ބައި ސުންނަތް ނަމާދުތަކުން ފޫބެއްދިގެން ދާނޭ ވާހަކަ ވެސް އެކަލޭގެފާނު އަހަރެމެންނަށް އަންގަވައިދެއްވިއެވެ.

ފަރުވާކުޑަ ނުކުރައްވާށެވެ! ވީ ވަރަކުން ސުންނަތް ނަމާދުތައް ކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

-رسايل-

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *