ކުޅަދާނައީ ކާކަށްހެބާ؟ ދުނިޔޭގެ އަސްލު ބަދަލުކުރަން
ކުޅަހާ ކަމެއް އިންސާފުކޮށް ދުވަހެއްވެޔޭ އެ ވަޒަންކުރަން
އަތުގައި ނަގުދު ހުއްޓެއް ކަމަކު، ބާރާ ނުފޫޒުން ފޯވެގެން
ފަތުގައި ލިޔެވިދާ ކުށް އަމަލް ފޮހެވޭނެހޭ؟ އެ ރަނގަޅުކުރަން
ގުންފައިޖަހާ ކިބުރުގެ މަގުން ދުނިޔޭގެ ބިމުގައި އުޅުނަކަސް
ގެންދާންވުމުން ދެއްކޭހެ؟ ގަދަ، ކުޑަ ހިނދުކޮޅަކު ވެސް މަޑުކުރަން
ނަފުރަތުގެ ވިހަ ކެމިކަލްތަކުން އަގަލާ ކުލުނު ވެސް ދޮވެލުމަށް
ނަފުސަށް ރުހުންހޭ ތިޔަދެނީ؟ އަޚުވަންތަކަން ކަންފަތިކުރަން
ކުރެވޭ ކަމެއް ނަމަ ހުތުރަކަސް ނުބަލައި އުޚުރަވީ ގޯއްޗަކަށް
އުރެދުންމަތީ ހުރެވޭނެހޭ؟ ހިލުވައި ގުޖަޑު ޖާސޫސްކުރަން
ނުހަމައިގެ ހިޔަލުން ފެންނަހާ ބާތިލުތަކީ ޙައްޤަށްވެގެން
އުހަކަށް އެރޭނޭހޭ؟ ނުއެނގި ދުއްރާއި ދައްރާ ވަކިކުރަން
ކިޔަމަންވެގެން ތައުބާވުމެއް ނޫންހޭ އޮތީ؟ މާތް ހަޟުރަތަށް
ދިޔަ މަަގުތަކަށް ނުބަލައި އަލުން ދުނިޔޭގެ ކޮއްތަށް ބަރުކުރަން