Support Us

ފިތްކަނޑައިގެންދާވަރު

ގައުމު އަދު އަސަރާއެކީ ރޮއެ، ދަންނަވާ އާދޭސް ތަކެއް،
"ގައުމު ދެލޮލުން އޮހޮރިދާ ލޭ ކަރުނައިން" ލިޔެދޭ މި މެސެޖެއް

އަޑު އަހަންވެސް ކަންފަތަށް ކެތްވާވަރަށް ވުރެ ގަދަ އަޑެއް،
މަޑު މަޑުން އަޅަމުންދަނީ ނާމާން ކަމުގެ "ބިރުވެރި އެލާމެއް"

ރައްޔިތުން ނަމުގައި ނެގޭހައި ލޯނަކީ "ބިރުހުރި ކަމެއް"
ރައްޔިތުން ބޮލުގައި އެޅޭ ދަރަނީގެ ވަރުގަދަ "ކަސްތޮޅެއް"

މިފަދަކުޑަ ގައުމެއްގެ ދަރަނި "ސަތޭކަ ބިލިޔަނަކީ" އެއީ
މިފަދަ ކުޑަ ކުޑަ ރައްޔިތެއް ހަމަ "ފިތްކަނޑައިގެންދާ" ވަރެއް

ކޮންމެ ބިލިޔަނަކީ އެއީ "ހާސް މިލިޔަނާ" އެއްވަރުގެ އަދަދެއް،
ދެން ޖުމުލަ "ސަތޭކަ ހާސް މިލިޔަން" މިއީ ހަމަ ބޮޑު ވަރެއް

ކުޑަ ކަމެއް ނޫނޭ ބަލާއިރު ގައުމުގައި ދަރި ދަރި ކޮޅަށް،
ބުރަ ތަކެއް އަދި އުފުލިޔަސް ނުނިމޭނެޔޭ މިވަރުގެ ދަރަންޏެއް

ކޮންމެ ބޮލަކަށް ލައްކަ ލައްކައިން ދަރަނިތައް އެޅުނީމަކާ،
ދެން ސަތޭކަ އަހަރު ވިޔަސް، މި އަދާނުވާ ވަރު ބޮޑު ދަރަންޏެއް

ތެދު ދޮގާ ސިއްރާ އެނގޭނީވެސް އެނގޭ ފެންވަރުގެ ބަޔަކަށް،
ތެދު ޙަގީގަތް ވަންހަނާ ކުރުމުން، އެތައް ވަހުމާއި ޝައްކެއް

ވަކިބަޔަކު "ތައްޕާހުގައި" އުޅުނެއްކަމަކު ވިސްނަން ޖެހޭ،
މަތިވެރިވި ﷲ އަށް ހަމަ، ސިއްރުވާ ނެތް، އެއްކަމެއް

އެންމެ މަތިވެރި ދީނަށާ އަދި އެންމެ މަތިވެރި މާތް ނަބީއަށް،
އެންމެ ނިކަމެތި ބަސް ބުނާއިރު! " ހަނު ތިބުން" ބިރުހުރި ކަމެއް

ރައްޔިތެއްގެ ނަމުން މިއީ ރޮއެފާ ކުރާ އާދޭސް ތަކެއް،
" ރައްޔިތުން އަޅުވެތި ނުކޮށްލުން ވެސް " ކުރާ މީ އިލްތިމާސެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *