Support Us

ރުފިޔާގެ ބާރު

ރުފިޔާތަކެއް އެއްތަންވެލީ ކަމަކާ ވަރަށް ކަންބޮޑުވެގެން
ހަފަރާތުގައި އޮތް ނުކުޅެދުން އިޙްސާސްވެ މާ ހިތްދަތިވެގެން

ޝަކުވާއަކީ މައްސަލަޔަކީ ގައިބާރު ނެތެމުންދާކަމޭ
އެކަމާ ގުޅޭ ސިއްރެއް ނެތޭ އަދި ލޯތަކަށް ފާހަގަވެގެން

އިހު އެންމެ ރުފިޔާއެއް އުފުލި ބޭރުން އެ ގެންނަ ކުކުޅު ބިހެއް
މިހިރީ ދެތިން ރުފިޔާއަށޭ ހިއްލައިލެވޭން އަދު މަދުވެގެން

ކާރެއް އިހަށް ކޮއްޕާލައޭ ހަމަ އެންމެ ދިހަ ރުފިޔާ ހެމުން
ބާރެއް ކޮބައިހޭ ފަންސަވީސް ވެސް އަދުވެޔޭ ޢާޖިޒުވެގެން

މި ކަމުގެ ކޮބައިހޭ ސަބަބަކީ މައްސަލަ ދިމާވާ އަސްލަކީ
ފިކުރެއްނިކަން ކުރަމާހެ އޭ ރުފިޔާ މި ހުރިހާ އެކުވެގެން

ކާރާ ބިހާ ހުރިހާ މުދާ ބަރުވީހެ މާ އިހުނަށް ވުރެން
އާރާ މަދާ ރުފިޔާތަކުގެ މިދަނީ މުޅިން ކަންފަތިވެގެން

މި ސުވާލު މި ގޮތަށް ކުރެވުމުން ލިބުނޭ ޖަވާބެއް ހޫނުކޮށް
އަސަރާއި ރިހުމާ ކެކުޅުމާ އޭގައި ވިޔޭ ޝާމިލުވެގެން

ނޫނޭ އެޔެއް ނޫނޭ މި ވާ ގޮތަކީ އެހެންޏާ ނުއުފުލާ
އެއްޗެއް މިއަދު އުފުލަން ޖެހޭ ތީއޭ ނިކަން ވަރުބަލިވެގެން

އަދު އޭގެ ހުރިލެއް ބަރުކަމާ އަދިތޯ އެހެރަ ބިޔަ ފަލަކަމާ
ހެދިގެން އެ އުފުލަން ބޭނުމޭ ރުފިޔާ އެތައް މިލިޔަންވެގެން

އެކި ގޮނޑިގޮނޑީގައި ފަޚްރުގާ، ބެޓިގެންތިބޭ އެކިދައުރުގާ
އެކިޒާތު ބައެކޭ މި ބުނަނީ އުފުލަން ޖެހޭ ޤުރުބާންވެގެން

ދެން ހަކަތައެއް ހުންނާނެތޯ މެޓައެއް ވިޔަސް އުފުލޭނެތޯ
ގެންނަން އެކަނި ދާހިތްވިޔަސް ދެން އެންމެ އެއް ރުފިޔާވެގެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *