މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ކަރުނައިން ދެލޯ ހިކޭހާ އުފަލުން މިތާ އުޅެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ފަރުޟާއި ސުއްނަތާ މެދު ފަރުވާ އެހާ ނެތެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ތަޤުވާގެ ހެޔޮ ޢަމަލުތައް ކުރުމަށް އަވަސް ނުވަންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
އަޚްނާއި އުޚުތުނާ މެދު ރަޙިމުގެ ގުޅުން ކަނޑަންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
އަޅުކަން ކުރަން އެހާބޮޑު ޝައުޤެއް ތިމާ ނެތެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ދަރުމައިގެ ހެޔޮ އަތެއްވެސް ދިއްކޮށްނުލައި އުޅެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ދަރުބާރު މަަޙްޝަރުން ހެޔޮ ރަޙްމަތް ނުއެދި އުޅެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ރަަޙްމަތުގެ މާތް ނަބިއްޔާ އެންގެވި މަގުން ނުދަންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ރަޙްމަތުގެ ސުވަރުގޭގައި ލެއްވުން ނުއެދި އުޅެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ތައުބާ ވުމަށް އަވަސް ނުވެ،ފަރުވާ އެހާ ނެތެންވީ
މަރުވާނެކަން އެނގެންޏާ ކީއްވެހެ! ބިރުން ނުރޮންވީ
ރަޙްމަތް އަދައި ދެއަތް އަޅެ އުފުލައި ނުލައި އުޅެންވީ
