Support Us

އޮޑިދަށުން ނެގި އައިނަކަށް

އޮޑި މަހަށް ފުރިޔަސް މަހެއް ނުބެވޭ ދުވަސް ދިއުމަށް ފަހަށް،
"އޮޑިދަށުން ނެގި އައިނަކަށް" ތެޅިފޮޅިގަތީ މާ ބާރަކަށް

އެންކެޔޮޅު ދުވެފައި އެގޮސް އެން ކައްޅިޔަށް ފުންމާލުމާ
އެން ވަށިން ނެގި އެންތަކާ ވައްޓާ އެ ހޫރާލީ ކަނޑަށް

މައި ކެޔޮޅު ހޭދެބަވެ ގޮސް ކުރުދޮށި ހިފައިގެން އައިގޮތަށް
ވައިމަތީ ކިބައިން ފިލާގަނޑު ގުދުމަތިން ވެއްޓުނު ކަނޑަށް

ކުޑަ ކެޔޮޅުވެސް، ދޮށި ނަގަންގޮސް ތާމަތިން ކައްސާލުމުން،
އުޑުތިލައިން ވެއްޓުނު ގޮތަށް އަނިޔާ އެލިބުނީ ބަދަތަކަށް

ފެން ލުމަށް އެރިފަޅުވެރީން ފެންފުޅަފި ކޮއްޕާލައި ކަނޑަށް
އެއްލި ބާރުމިނުން ފުޅަފިތައް ވެއްޓުނީ ގޮސް މޯހިރަށް

އައިންމަތީ ހުންގާނުގައިހުރި ސޮރު އެރީ ހުންގާނު ދޫންޏަށް
ފައި ކަހާލައި ކަފިބުޑަށް އެއޮތީ އެސޮރު ވެއްޓުނު ގޮތައް

ފަޅުވެރީންތައް ހޭލި މޭލިވެ އޮޑިތެރޭ އުޅެގަތް ގޮތުން
ވަތު ތެރޭގައި ވެއްޓިފައި އެ ކުދީން ތިބީ ބޯކޮޅު ވަތަށް

ކަން ހިނގައި ނިމި ހަމަޖެހުނުއިރު "އައިން އޮބާލައި ގެއްލިފައި"
ތަން ތަނަށް ވެއްޓުނު ބަޔަކު އެތިބީ އެތާ ވެއްޓުނު ގޮތަށް

ތަޖުރިބާ ޙާޞިލް ކުރަންވީ ދުންޔަވީ އެކި ކަންކަމުން
"ކަމުގެ ދަހިވެތިކަން ބޮޑަސް، ކަމުގައި ޖެހޭ ކެތްތެރިވުމަށް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *