Support Us

ހިތުގެ ކޮށި

​ޝާޢިރެއް ދަނިކޮށް ހިނގައިފައި ރީތި ކުޑަ ކޮށްޓެއް ދުށީ
ދާއިމީ ގޯއްޗަށް ދަތުރު ކޮށްފައިވި ދޫންޏެއް ވެސް ދުށީ

ފަލްސަފީ ހިތް މޭތެރޭ ޖެހި ވިންދު ނިތުގައި ބޮސްދެމުން
ޚަލްވަތައް އައި ދައުވަތެއްގައި އެހިނދު ތަސްވީރެއް ދުށީ

ކޮށި ތެރޭ​ ފެން ހުސްވެފައިވާ ތަށި ވަކާލާތް ފައްޓަމުން
މޮށި ހަޤީޤަތް ސާފު ކޮށްދެން ފެށިތަނޭ އެވަގުުތު ދުށީ

"ގާތުގައި ފެން އާރުތައް ހުއްޓާ ވަށައިގެން ފެންނަހެން
ރާތުގައި މަޥްތުގެ އަތުން މަރު ހިއްޕަވާތަން އަޅު ދުށީ"

ޝާޢިރީ ކަންފަތް އަހަން ހުއްޓާ މިވާހަކަ ޝަޢުގުގައި
މާއިރެއް ނުވެ ދޫނި ހިތަކަށް ބަދަލުވާތަން ލޯ ދުށީ

ފަންނުވެރި ގެތުމެއްގެ ފެންވަރު ހުރި ކޮށީ ރަން ތޭރިތައް
ހަން، މަހެއް، އަދި ލޭ ފޮދެއް ނެތް ކަށިގަނޑެއް ފަދައިން ދުށީ

"އަޅުގަނޑީ ޤައިދީއެކޭ އިންސީ އަސާސްތައް ކުރިމަތީ"
ފަޅުކަމުން ފުރިފައިވި އަޑަކުން ހިތް އެހެން ބުނިތަން ދުށީ

"ދުނިޔަވީ ބާރާ ނުފޫޒުގެ ހިލިހިލާއިން ބަނދެވިގެން
ދޫނި ފަދައިން ހިތުގެ "ދޫ" ވެސް ބަންދުވާތީއޭ ދުށީ"

"އާދަމީ ޤާނޫނުތައް ފުން ޒަޚަމެކުން ޅިޔަތައް އެޅީ!
ހާދަ ގިނަ އަނިޔާގެ ދިލަތައް ނެގި ފަހުންނޭ މަރު ދުށީ!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *