Support Us

މަރުވުމަށްފަހު…

ތިބާގެ މަރަށް ފަހު ތިބާގެ އަތުން އެންމެ ފުރަތަމަވެސް ގެއްލިގެންދާނެ އެއްޗަކީ ތިބާގެ ނަމެވެ. އެހެނީ ތިބާ މަރުވުމަށްފަހު މީސްތަކުން އަހާނެ ސުވާލަކީ "މަރުވެފައިވާ ހަށިގަނޑު ކޮބާ ހެއްޔެވެ؟" އަދި ތިބާގެ މައްޗަށް ނަމާދު ކުރުމަށް ގޮވާލެވޭނީ ވެސް "ޖަނާޒާއަށް އައުން އެދެމެވެ." މިހެންނެވެ.

މަރުވުމަށްފަހު ތިބާގެ މަރަށް ފަހު ތިބާގެ އަތުން އެންމެ ފުރަތަމަވެސް ގެއްލިގެން ދާނެ އެއްޗަކީ ތިބާގެ ނަމެވެ. އެހެނީ ތިބާ މަރުވުމަށްފަހު މީސްތަކުން އަހާނެ ސުވާލަކީ "މަރުވެފައިވާ ހަށިގަނޑު ކޮބާ ހެއްޔެވެ؟" އަދި ތިބާގެ މައްޗަށް ނަމާދު ކުރުމަށް ގޮވާލެވޭނީ "ޖަނާޒާއަށް އައުން އެދެމެވެ." ތިބާގެ އަޞްލު ނަމުން ތިބާއާ މެދު މުޚާތަބެއް ނުކުރެވޭނެއެވެ. ތިބާ ވަޅުލުމަށް ގެނެވޭ ހިނދު ވެސް ގޮވާލެވޭނެ ބަހަކީ "މައްޔިތާ ގެންނާށެވެ!" މިހެންނެވެ. ތިބާގެ ނަމަކުން ގޮވައެއް ނުލެވޭނެއެވެ.

ވީމާ މި ދުނިޔެމަތީގައި ތިބާއަށް ލިބިފައިވާ ނަމަކާއި ޖާހާއި ނަސަބަކުން، ނޫނީ ލިބިފައިވާ މަތިވެރި މަޤާމަކުން ތިބާ ސަލާމަތްވާނޭ ކަމަށް ހީވެސް ނުކުރާށެވެ. މި ޙަޔާތަކީ އެއްވެސް އަގެއްނެތް ހާދަހާ ކުޑަ ޙަޔާތެކެވެ. އަދި މި ޙަޔާތަށް ފަހު ދެން އަންނަން އޮތް ޙަޔާތުގެ ބޮޑުކަމާއެވެ!

ސުބްޙާނަﷲ، ތިބާގެ މައްޗަށް ކުރެވޭނެ ހިތާމަ ވާނީ ތިން ބަޔަކަށެވެ.

  1. ތިބާ ދަންނަ މީހުން

އެމީހުން ބުނާނެ ބަހަކީ: "އާނ.. ހާދަ ދެރައެވެ. އެސޮރުވެސް ނިޔާވީއެވެ"

  1. ތިބާގެ ރައްޓެހިން:

ތިބާގެ މައްޗަށް އެމީހުން ހިތާމަކޮށް ހަދާނީ މަދު ގަޑިއިރުކޮޅަކަށެވެ. ނޫނީ މަދު ދުވަސް ކޮޅަކަށެވެ. އެއަށްފަހު އެމީހުން ވެސް އެމީހުންގެ ޢާންމު ދިރިއުޅުމައިގެން ކުރިޔަށް ދާނެއެވެ.

  1. ގޭގެ އަހުލުވެރިންގެ ފުން ހިތާމަ..

އާދެ ތިބާގެ ޢާއިލާއެވެ. އެމީހުން ތިބާގެ މައްޗަށް ދުވަސްތަކެއް، މަސްތަކެއް ނޫނީ އަހަރުތަކެއް ވަންދެން ހިތާމަކޮށްފާނެއެވެ.

ދެން ކާކުތޯއެވެ؟ ދެން ތިބާ ވާހުށީ ފޮޓޯ އަލްބަމް ތަކުގައި ހަނދާނަކަށް ބެހެއްޓިފައެވެ.  ތިބާގެ ޙަޔާތް އަދި ތިބާގެ ވާހަކަ ނިމުނީއެވެ.

އެހެނެއްކ ަމަކު އެއީ މީސްތަކުންގެ ގާތުގައެވެ. ތިބާގެ އަޞްލު ޙަޤީޤީ ޙަޔާތާއި ވާހަކަ އަދި އެ ފެށުނީއެވެ.  ތިބާގެ އާޚިރަތުގެ ވާހަކައެވެ. އަލް-އާޚިރާއެވެ. ހަމަ ކަށަވަރުން ވެސް ތިބާގެ ޙަޔާތުގައި ތިބާގެ މަތިން ފަހަނައަޅި ގޮސްފައިވާނެ ކަންކަމީ:

  1. ޒުވާންކަމާއި ރީތިކަން
  2. މުދާ
  3. ޞިއްޙަތު
  4. ދަރިން
  5. ގެތަކާއި ގަނޑުވަރުތައް
  6. އަނބިމީހާ/ ފިރިމިހާ

ހަމަ ޙަޤީޤަތުގައިވެސް ތިބާގެ އަޞްލު ޙަޔާތް އެފެށުނީއެވެ.

"މަރަކީ ކޮންމެ މަޚްލޫޤަކުވެސް އެ ދޮރަކުން ވަންނާނެ ދޮރެކެވެ. މިއަދު ނޫނީ މާދަމައިންނެވެ. މިހާރު އެންމެ މުހިއްމު ސުއާލަކީ "ތިބާގެ އާޚިރަތަށްޓަކައި ތިބާ ރައްކާކުޅައީ ކޮން ޢަމަލުތަކެއް ތޯއެވެ؟"

މަސްދަރު: (أجمل ما قرأت في اللغة والأدب)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *