ހާދަބޮޑު ކަމެކޭ މިއަދު މުޅި ދުނިޔެއަށް ޖެހިފައިވަނީ
"ވާދަޔަށްވެސް އެކަކު އަނެކަކު ވައްކަމޭ ކުރަމުން ދަނީ"
ގައުމު ގައުމުގެ ރައްޔިތުން ހައިހޫނުކަމުގައި މަރުވަނީ
ގައުމުތަކުގައި ހުރި ޚަޒާނާ "ވެރިކަމަށް ބަހަމުން ދަނީ"
ބައިއަޅައި އަޢްވާނުނަށް ހުރި ތަރިކައެއްހެން ބައްސަވައި،
ބައިނަގައި "ކަޅު ފޮށިތަކާ ކަޅު ދަބަހުގައިވެސް" އުފުލަނީ
ވެރިކަމަށް އިތުރަށް އައުން ބޭނުންވެގެން ރިޝްވަތުދެނީ
"ގެރި ތަކަށް އަޅުކަން ކުރާ މީހުން" އެހީވެސް ހޯދަނީ
ވައްކަމާ މަކަރާއި ޙީލަތް ރީތި ކަމަކަށް ވެސްވަނީ،
ލައްކަ ގިނަ އެކި ޤައުމު ތަކުގައި ފައުޅުގައި ކުރަމުންދަނީ
ޙީލަތާ މަކަރާ ދޮގާވެސް ރީތިކޮށް އޮއްބާލުމަށް،
މީޑިއާތައް، ލާރި ދީގެން ގައުމު ތަކުގައި ގަނެލަނީ
ތަން ތަނުން ގޮވަމުންދަނީ "މީ ދިމަަޤްރާޠީ ވެރިކަމޭ"
ކަންކަމުގެ ހުރިހާ ޙަގީގަތް ރައްޔިތުންނަށް ފޮރުވަނީ
ހަރުއަޑުން މުޅި ދުނިޔެ ގޮވަނީ ދިމަޤްރާޠީ އޭ މިއީ
ރަޙުމުނެތި ޢާންމުން ލޮލަށް ސްޕްރޭ ޖަހައި އަނިޔާދެނީ
އަދު އޮތީ މޮޅު އިޝްތިހާރާ، އެކި ޤަރާރާ، އަމުރުނެރެ،
މަޑުމަޑުން މުޅި ރައްޔިތުންގެ ދުލާ، އަތާ، ފައި، ބަންދުކުރަނީ
ލިޔެވިފައި ޤާނޫނު ތަކުގައި އޮތް އަސާސީ ޙައްޤުތައް،
ލިޔެވިފައި އޮތް މިންވަރަށްވެސް ނުލިބި "ދުނިޔެ ހަނާވަނީ"
