Support Us

މުނިފޫހި ތިބާ އެރިތަން ފެނިފާ…

ކަރުނައިގެ ހެދޭ ކަނޑަކަށް ފެތިފާ ޣަރަގޭ މިވަނީ ހޮޅިރާޅުލާ
ފަރުވާ ނުލިބޭ ފަރުދާވުމަކުން ގަރުބައިގެ މިއައި ގާ މަރުޙަލާ

ވޭނަކުން ހިތި ރޯކުރީހުޅު މޭ އެކީ ފަދައިން އަނދާ
ލޭގެ މުޅި ދަރުބާރުގައި ކަޅުދިދަ ވަނީއޭ ތިރިވެލާ

ލޭގެ ގުޅުމެއް ބޭނުމެއް ނޫނޭ ހިނގާ ފުން ލޯތްބަކަށް
މޭގެ ޖަޒުބާތޭ ފަތަޙަ ކުރަނީ ހަގީގީ ކުރެހިލާ

ބައްޕަ އާ މަންމާގެ ކުލުނާ ދެއްވި ހެޔޮ ތަރުބިއްޔަތާ
ދައްކަވާފައި ވޭ ޚަޞީލަތް އުމުރުގާ މުޅި އާރުލާ

ވަކިހިތެއް ނެތް ލޯބި ނުލިބޭ ދެކެ އުޅުނު މޫނާ ލޮލާ
ވަކި ދުލެއް ތާރީފުގައި ނޫނީ ނެތޭ ހަރަކާތް ވެލާ

ޚިދުމަތުން ދެއްކެވި ނަމޫނާ އެދުމަކަށް ލޯ ނުހުޅުވާ
ތެދުހިތުން މުޅި ދާއިރާ ކުރުނީސް ކުރޭ ދެފުށުން ބަލާ

ހުއްޓިދާނޭ ހީވިޔޭ ހިތް، ހުއްޓި ދިޔަ އެ ހިތާއެކި
ހުއްޓުމާ ފެއްޓުމުގެ ގާނޫނަށް ތިބެންވީ ބަލަބަލާ

މޭމަހުން ބާވީސް ދެހާސް ބާވީހުގައި ފުރިހަމަވެގެން
ލޭފަވެތި ނަފުސާއި ރޫޙާ ވަކިކުރީ އުމުރުގެ ފިލާ

އަދު މުހަންމަދު ހަސަނު ދުނިޔޭން ވަކިވިޔަސް އަބަދަށް ޓަކާ
ހަނދުމަތައް ޒިކުރާގެ ބޯޑުން ނުފޮހެވޭނޭ ކުލަ ފިލާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *