ކެތީ މީރު ވާރޭގެ ތާސީރު މީ
ކެތީ ފޮޅުވި މާމަލުގެ ވަސް މީރު މީ
މުތީން އުއްތިގެން ގެތުނު ހާރެއް މިއީ
އުތީމުގެ ފަހާ ދޮންވެލީ ރޫހުމީ
ހިތުން އޮހުނު ރަތްލޭގެ ވިންދޭ މިއީ
ފިތުން އުތުރި ނަޒުމާއި ޖަޒުބާތުމީ
ފޮތުން ބެބުޅި ޢިލްމިއްޔަ ނޫރޭ މިއީ
އޮތުން މޮޅު ގޮތާ އޭގެ ބުރުހާނުމީ
ކެތީ ނުނިމެނީސް ވެއްސި ޝަބްނަމް މިއީ
ކެތީ ދުނިޔެ ކަޅިކުރުވި ވާރޭއެމީ
ހިތާ އެކު ނިތާ ވިދުވި ޖައުހަރުމިއީ
ވިތާހިރު އިތާމުތުގެ "ޢަބަރާތު"މީ
ވަތުން އަގުވެވެން ނެތް މުދާތައް މިއީ
މަތުންތަން ނިމެން ނެތް ޚިޔާލާތެމީ