Support Us

ގިނަ ފުލުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ގިނަ ފުލުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ދުވަސްވަރަކަށް ވެފައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ގިނަ ފުލުހުންތަކެއް ވެސް ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށެވެ.

ފުލުހުން އަދި ބުނީ ހެލްތް ޕްރޮޓެންޝަން އެެޖެންސީގެ އެނގުމާ ހިލާފަށް މަގުތަކަށް އެއްވެ އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި، މާސްކް ވެސް ނާޅާ ބައެއް ފަރާތްތަކުން އެއްވުންތައް ބާއްްވަމުންދާ ކަމަށެވެ. އަދި މަގުތަކަށް ނުކުމެ އުޅުމުގައި ސިއްހީ ގޮތުން ކަމާާ ބެހޭ ފަރާތްކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލްތައް ބެހެއްޓުމަށް ވެސް ފުލުުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ގާނޫނީ ތަރަހައިގެ ތެރެއިން ހާލަތާ އެކަށީގެންވާ ގޮތަަށްް ހިޔާލު ފާޅުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައިވެ އެވެ.

މީގެ އިތުުރުން އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުން ވެސް ހެލްްތް ޕްރޮޓެކްޝަން އެޖެންސީންގެ ގަވާއިދުތަކާ އެއްގޮތަށް އަަމަލު ކުރުމަށާާއި އެއްވުންތައް ކަވަރުކުރުމުގައި މޯލްޑިވްސް ބްރޯޑްކާޓިން ކޮމިޝަނުން ދޫކޮށްފައިވާ ފާސް ފެންނާނެ ގޮތަކަށް އަޅައިގެން ހަރަކާތްތެރިވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *