ވަނީ ކީއްހޭ މިއަދު ދޭހަށް މިތާ ޣަދަރޭ އަލުން އެ ފެށީ
ދަނީ މިތަނުން ސިޔާދަތު ވިއްކަމުން އެކަމޭ ކުރާން އެ ފެށީ
އިހަށް އެންމެން އެކީ އުޅުނީ ނިކަން ހިނިތުންވެގެން އުފަލުން
ހުހަށް ހަމަ އެކަކު ވެސް ނެތްހެން މިއަދު ދުޝްމަންކަމޭ އެފެށީ
ކުރީން އެންމެންގެ ހައްގުތަކަށް ދިނީ އިސްކަން ތެދޭ ރަށުގައި
ދުރީހޭ އަދުގެ ވިސްނުންތައް ފަނާ ކޮށްލާން މިއަދު އެ ފެށީ
ރަށުން ދޭސީން ބިދޭސީންނަށް ދިނީ ހޭހަންކުރުން އިހުގައި
ފުށުން އެވެރީން މި އަދު ތެދެކޭ ގަނާ ނޫންހޭ ތިބާ ތި ދުށީ
ތެދޭ އަނެކާގެ ޝަރަފާ ޢިއްޒަތަށް ހުރެ އިޢުތިރާފުވަމުން
އެދޭ ހަމަ ކޮށްމެ އެދުމެއްވެސް ފުދޭތަން ނޫންހެ އޭރު ދުށީ
އަރާން މަދަނިއްޔަތުގެ ސިޑިއިން އެކީ އެއްބާރުލުން ދީގެން
ދަރާން ނޭދޭކަމުން އަރުތައިގެ ރޫޙޭ ހަމަ އޮތީ މި ވެށީ
ޔަޤީނާ އަޒުމުގައި ގައުމަށް ޓަކައި ކެރިގެން ފުރާނަދެމުން
ހަގީގީ ބަޠަލުނޭ ޤުރުބާން ވެލީ މި ގޮތޭ އޮތީ މި ވެށީ
މިއަދު ހުރިހާ ކަމެއް މި ވަނީ ބުނޭ ބަވަނައިގެ އޮއިވަރުގައި
މިއަދު ނީލަންކިޔައި ދޭހުން އެކަންކަން ވުނަކުރާށަ ފެށީ
