Support Us

ގައުމީ އޮޑީގައި…

ކެޔޮޅަށް ވުރެން "ޤައުމީ އޮޑީިގައި ބާރުގަދައީ ފަޅުވެރިން"
"ކެޔޮޅުގެ ނުކުޅެދޭ ޙާލު އެނގި" ދެން ޗާންސު ނަގަނީ ފަޅުވެރިން

އައިނަށް ކިޔަންވެސް ނޭނގިފާ، އައިނުން ފުމޭމަސް ނުފެނިފާ
ޙާލެއް ކެޔޮޅު ލޮލުގައި ނެތަމަ، އައިނަށް ކިޔާނީ ފަޅުވެރިން

ގިރި ފަރުތަކާ ކަނޑުއޮޅި ތަކާވެސް ވަކިނުވަންޏާ ކެޔޮޅަކަށް
ފިތިގެން ބިރުން ހުންނަން ޖެހޭތީ، ބާރު ގަދަވޭ ފަޅުވެރިން

ކެތި ރޯނު މިޔަހެލި ފަދަ ނަކަތްތައް، ނޭނގުނީމާ ކެޔޮޅަކަށް،
ވެރިކަން ކުރާނީ ދެން އެ އޮޑިއެއްގައި ތިބޭ ގަދަ ފަޅުވެރިން

ހުޅަނގާއި އިރުވައި، މޫސުމާ، ވަކިވެސް ނުވަންޏާ ކެޔޮޅަކަށް
ހުރިހާ އަމުރު ހިންގައި އުޅޭނީ، އޮޑި ތެރޭގައި ފަޅުވެރިން

ވިސްނާލުމުގެ ޤާބިލްކަމެއް ނެތި، ކެޔޮޅަކަށް އަދި ހުއްޓަކަސް
ވިސްނައި ނިކަންތިބެ "އޮޑިތެރޭ، ވެރިކަން ކުރާނީ" ފަޅުވެރިން

އޮޑިވެރި ފަރާތަށް ނޭނގެޔޭ މީ ނުކުޅެދޭ ކެޔޮޅެއް ކަމެއް،
އޮޑި ދަތުރު ކުރަމުން އޮވެދަނީ ހަމަ، ފެންނަ ގޮތަކަށް ފަޅުވެރިން

"އޮޑި ވަތުތެރޭ އާލާތް ތަކާ އެކު، އޮޑިގަނޑާ އިންޖީނު ވެސް"
އޮޑި ވެރިންނަށް ނޭނގި، ވިއްކާ ކައިފި! ކެޔޮޅާ ފަޅުވެރިން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *