Support Us

މި ހަށީގައި ފުރާނަ ހުރިހާ ހިނދަކު…

އަހަރެންނަށް ކަލާ ދެއްވި ކަމަށްޓަކައި އަހަރެން الله އަށް ޙަމްދުކޮށް ޝުކުރު ކުރަމެވެ.

ކަލާގެ މަންޒިލަށް ކަލާއަށް ތިވަނީ ވާސިލުވެވިފައެވެ. އެއީ މިތާ އަހަރެންނާ އެކީގައިވުމެވެ.

އަހަރެން މިހުރީ ކަލާގެ ގާތުގައެވެ.

އަހަރެން ކަލާގެ ގާތުގައި ބުނަން ބޭނުންވާ ވާހަކައެއް އެބައޮތެވެ.

ކަލާ ތިވަނީ އަހަރެންގެ ހިތް ހުޅުވާލަދީފައެވެ.

ކުރިން އަހަރެންނަށް ވިސްނިފައި އޮތީ ލޯބިވުމަކީ ކުށެއް ކަމަށެވެ.

އެކަމަކު ކަލާއާ ބައްދަލުވި ހިނދުން ފެށިގެން ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ.

 

ކަލާއާ ހިއްސާކޮށްލަން ބޭނުންވާ ދެތިން ބަހެއް އެބައޮތެވެ.

މިހަށީގައި ފުރާނަ ހުރިހާ ހިނދަކު،

އަހަރެންވާނީ ކަލާއާ އެކުގައެވެ.

އަހަރެން ދެމިހުންނާނީ، ތެދުވެރިކަމާއި ވަފާތެރިކަމާ އެކުގައެވެ.

އަހަރެންގެ ޖިސްމާއި ނަފުސު ވަކިވަންދެނެވެ.

އަހަރެން ކަލާ ދެކެ ވަރަށް ލޯބިވަމެވެ. މުޅި އުމުރަށްވެސް ލޯބިވާނަމެވެ.

އަހަރެންގެ ލޯ ހުޅުވައިދެއްވި ކަމަށްޓަކައި މިހަށީގައި ފުރާނަ ހުރިހާ ހިނދަކު، ކޮންމެ ރެއަކާއި ދުވާލު،

އަހަރެންالله އަށް ޝުކުރު ދަންނަވާނަމެވެ.

މިހާރުވެސް އަހަރެން މިހުރީ އަދި މުޅި އުމުރަށްވެސް އަހަރެން ހުންނާނީ ކަލާއާއެކުގައެވެ.

 

އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އެކަން އެނގެއެވެ.

ކަލާއާމެދު އަހަރެން ވިސްނާ ކޮންމެ ހިނދަކު ވެސް ﷲ ލެއްވި ބަރަކާތް އިޙްސާސްކުރެވެއެވެ.

އަދި އަހަރެމެން ދެމީހުން ކުރާ ކޮންމެ ކަމެއްގައި ބަރަކާތް ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ.

ކަލާއަކީ އަހަރެންގެ އަނބިމީހާއެވެ. އެކުވެރިޔާއެވެ. އަދި އަހަރެންގެ ހަކަތައެވެ.

އަހަރެމެން ދެމީހުން އެކުގައި ޖަންނަތުގައި ލެއްވުން އެދި ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.

މިހާރު އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެވެއެވެ. އަހަރެންގެ ހިތްވަރުގަދަކަން އިޙްސާސްކުރެވެއެވެ.

އަހަރެންގެ ހުރިހާ ކަމެއް ބަދަލުމިވީ، އަހަރެންގެ ޙަޔާތަށް ކަލާ އައި ހިސާބުން ފެށިގެންނެވެ.

 

އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އެކަން އެނގެއެވެ.

ކަލާ ތިހުރީ އަހަރެންނާ އެކީގައެވެ. އަހަރެންގެ ކުރިމަތީގައެވެ.

އަހަރެންނަށް އެއްވެސް ޝައްކެއްނެތެވެ!

އަހަރެންނަށް ފުންލޯތްބެއް އިޙްސާސްކުރެވެއެވެ.

އަހަރެން ހަރު އަޑުން ލަވަ ކިޔަމުން މިދަނީ އަހަރެން އުމުރަށްވެސް ކަލާ ދެކެ ލޯބިވާނެ ކަމަށް ބުނަމުންނެވެ.

(ލަވަ: މާހިރް ޒައިން/ ތަރުޖަމާއެއް)

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *