ލޯތްބަކީ މިސްރާބު ކުރުވާ އަލި އުޖާލާ ތަރިއެކޭ
ލޯތްބަކީ އެމަގުން ދުވާ އަހުގައި އެއިން އަސްވާރެކޭ
ލޯތްބަކީ ޝަރުޠެއްނުވާ ކެތްތެރިކަމުގެ އިސްޝަރުޠެކޭ
ލޯތްބަކީ ހަންހާރަވެތިކަން ދައްކުވާ އިސްވާރެކޭ
ލޯތްބަކީ ބައިވެރިޔަކަށް ބޭނުންވެގެންވާ ޝަޚުޞެކޭ
ލޯތްބަކީ ބަދަލެއް އެއަށް ބޭނުންނުވާ ފަދަ ވުނައެކޭ
ލޯތްބަކީ ކުލުނާ މަވައްދަތު އެކުލެވޭ ހޭހަންތަކޭ
ލޯތްބަކީ އަނެކާ ވަރަށް މުހުތާދުވާކަން އެނގުމެކޭ
ލޯތްބަކީ ތެދުވެރި ވަފާތެރިކަމުގެ މަތިވެރި ރަމްޒެކޭ
ލޯތްބަކީ ޖަޒުބާތުގައި ރޫޙަށް ދިރުން ދޭ ބާރެކޭ
ލޯތްބަކީ ހިކި މަރުވެފައިވާ ގަސްތަކަށް ދޭ ދިރުމެކޭ
ލޯތްބަކީ ހުރިހާ ކަމެއް އެ ވުޖޫދުގައިވާ ނަފްސެކޭ
ލޯތްބަކީ އުންމީދުތައް ދިރުވާ ހަގީގީ ޔާރެކޭ
ލޯތްބަކީ މަޙުބޫބު ބޭނުންހާ ކަމެއް ކޮށްދިނުމެކޭ
ލޯތްބަކީ މަޙުބޫބު ބޭނުންވާ ވަރަށް ހިތް ދިނުމެކޭ
ލޯތްބަކީ ބަދަލެއް އެއަށް ބޭނުންނުވާފަދަ ކުލުނެކޭ
ލޯތްބަކީ ނަފުސުން ފިދާވާ މަސްތުކޮށްލާ އަމަލެކޭ
ލޯތްބަކީ މަސްތުން އެއަށްބޭނުންވެގެންވާ ޝައުޤެކޭ
ލޯތްބަކީ އޭގައި ޣަރީޒާ އެކުލެވޭ ހެޔޮ ޢަމަލެކޭ
ލޯތްބަކީ ޔާރާގެ ހިޔަނީގައި ނިދޭ ގަދަ ނިންޖެކޭ
ލޯތްބަކީ ފައިސާއަކުން ގަނެވޭނެއެއްޗެއް؟ ނޫނެކޭ
ލޯތްބަކީ މާއްދިއްޔަތުން ވިޔަވެސްނުކުރެވޭ އެއްޗެކޭ
ލޯތްބަކީ ޖާނާއި މާލުން އަގު ދެވޭ މުހުތާދެކޭ
ލޯތްބަކީ ޝާނާއި ޝައުކަތު ދޫކުރާ ވަސްވާހެކޭ
ލޯތްބަކީ ލަދުވެތިކަމުގެ ފަރުދާ ކަހައިލާ މަސްތެކޭ
ލޯތްބަކީ ލަދުވެތިކަމުން ޙާޞިލުނުވާވެސް އެއްޗެކޭ
ލޯތްބަކީ ކެތްތެރިކަމާ ޢަޒުމުގެ ނިހާއީ ރަމްޒެކޭ
ލޯތްބަކީ އެހެނަސް ޞަބްރުވެރިކަންނުވާ ޖާދޫއެކޭ
ލޯތްބަކީ ދުނިޔޭގެ ހުރިހާ ޢިއްޒަތެއްގެ ނިޝާނެކޭ
ލޯތްބަކަށް ހިތުގައި ނުވާނަމަ ޖާގައެއް…މަޖުނޫނެކޭ
ލޯތްބަކުން ގުޅެވޭ އަނެއްޖިސްމަށްކިޔާ، މަޢުޝޫޤެކޭ
ލޯތްބަކުން އެކަމަކު އުފައްދާނީ އެހެން މަޙުބޫބެކޭ
ލޯތްބަކުން ގުޅުމެއްނުވާ އިރުގައި އެއީ މަޢުޞޫމެކޭ
ލޯތްބަކުން އަނިޔާލިބޭ ހިނދުގައި އެއީ މަޒުލޫމެކޭ
ލޯތްބަކީ ހިތުގައި އުފައްދާ ބާރުގަދަ ހައިޖާނެކޭ
ލޯބި ހިތުގައި ރޯވުމުން ނުނިވޭ އެއީ އަލިފާނެކޭ
