Support Us

ފިޠުރު ޢީދު އައުމުން…

އެރި އިރުގެ ދޯދިތަކުން ޢީދު ސަލާން ފޮނުވާލީ
ފަރިވެ މާތައް ހުވަނދުން ފޮނި-ފޮނި ވަސް ފަތުރާލީ

ބުލްބުލާ ބަޅިދު ކޮކާ މާބުރުތައް އުދުހި އައިސް
ޤުލްޝަނުން ފޮޅިފައިވާ ފިޔަ-ފިޔައަށް ތިރިކޮށްލީ

ފޫހިކަން ނެތް ފުރިހަމަ ރީތި އޮމާން ރާގުތަކުން
ދޫނިތައް ހާލިތެރޭން ލަވަ-ލަވަ ނަލަ އިއްވާލީ

ރޯޅި ފިނި ވައި ޖެހެމުން ޖައްވު ތެރޭ ފިރުކިލަމުން
ދޯޅުވެވި ގަސްގަހު، ރުށް، ފަން-ފަނުގައި ފިރުމާލީ

ކަނޑު ފަޅާ އޭގެ އޮޔާ ބަރަކާތުގެ ރާޅުތަކޭ
ގޮނޑުދޮށަށް ލައްވެލަމުން ލުއި-ލުއިކޮށް ބީއްސާލީ

ޗާލު ކުލަތައް މިފަޒާ ޒީނަތްތެރި ވާނޭހެން
ފޭދި އާފާޤު ތެރޭން އަލި-އަލިތައް ދިއްލާލީ

ފުސްކަމާ ރުޅިވެރި ނަފުރަތުގެ ބެލުން ތިރިކޮށްލާ
މުސްލިމުން ރޫޙު މަތީ އަތް-އަތް ތިބެ ގުޅުވާލީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *