ހުރީ ހިކިފަސް ތަނެއްގައިނަމަ ސަލާމަތްކަން އޮތަސް ކަޝްތީ
ފުރާ ދުއްވާށެ ބަންނާނީ ކަނޑާ ތޫފާނުގައި މަސްތީ
ތިބާ ކިހިނެއް ނުގޮސްވާނީ ގަލަން ތަޤުދީރު އެޅި ރޮނގަކުން
ނުބައި މިސްރާބަކަސް ހިނގަމުން ޖެހޭނީ ދާން ވަޤުތު ފަސްދީ
ވިދާ ވިދުވަރުގެ އަލިކަމަކަށް ބޮނދާ ނުފިލޭނެ ޤުދުރަތަކަށް
އެދާ މަގަކުން އޮތީ ދިޔުމޭ ފޮނާ ރާޅަށް ނިތުން ބޮސްދީ
އެތައްކަމަކަށް ތިމާ އެދެޔޭ އެތައް ބޭނުންތަކެއް އޮވެޔޭ
ހިތަށް އައިހާ ކަމެއް ނުވެޔޭ ތިމާ އެދުނަސް ތެރޭން ހަސްތީ
ގިލޭ ޒޭވަރު ޖަވާހިރުތައް އަޅާ ހުއްޓަސް ބަލާއައުމުން
ފިލޭނީ ދެން ނުގޮސް ކިހިނެއް ތެރަށް މަޝްހޫރަކަސް ބަސްތީ
މިއީ ހަދިޔާއެކޭ ދަރިފަސްކޮޅަށް ގެންދަން ޙަވާލުކުރާ
ތިއީ ކަރުދާސްކޮޅެއް ނަމަވެސް ލަފާ ދަރިޔަކު އަތަށް ގޮސް ދީ
One Response
ވަރަށް ފުރިހަމަ👍