ބޭރުވީ އެތަކެއް އުދާސްތައް އުޑުމަތީ އެއްވެއްޖެޔޭ
ސިއްރުވީ ދެހިތުގެ ފަސާނާ ޖައްވުގައި ލިޔެވިއްޖެޔޭ
ރީތި ފޮނިފޮނި ވަޢުދުތައްވީ މިތަނުގައިކަން ބުނެދެމުން
ރީތި ރާޅެއް ގޮނޑުދޮށަށް އައިސް މަޑުމަޑުން ބީހިއްޖެޔޭ
ތިރިވަމުން ރޯޅީގެ ނާނާ ކަންފަތަށް އިއްވާލި ހިނދު
ދިރި އަލުން މާޒީގެ ރޭތައް ފެށުނުހެން ހީވެއްޖެޔޭ
މާފުއެދެމުން ހިތުތެރޭގައި އޭރު ފަތްޖެހި އެކިހަނދާން
ސާފުކޮށް ކުލަހުވަފެނެއްހެން ކުރިމަތީ ނިއުޅިއްޖެޔޭ
ރަނުގެ ފުރުޞަތުތައް ނަގާލާ ފޮރުވިގެން ތިބެ ދުނިޔެއަށް
ހަނުތިބުން ދުރުގައި މިހާރަށް ހާދަހާ ދަތިވެއްޖެޔޭ
އެއްކަމެއްވެސް ނެތް ކުރާހިތް ތިޔަ ހަނދާން ނޫނީ މިރޭ
ނެތްކަމުން މިތުރާ މިތާގައި ހިތް އެކަނިވެރިވެއްޖެޔޭ
