
ތަރައްގީ ހޯދުމަށް "މާދަރި ބަހެއް" ވިއްކަން އުޅޭ މީހުން
ވަރަށް ވިސްނަންޖެހޭނެ! އެއީ، އުޅޭ ގައުމެއްގެ ޣައްދާރުން
ބަހާއި ސަގާފަތާ ގައުމާ، ތަރައްގީއަށްޓަކާ ވިއްކުން
ސަމާސާ ކަންކަމެއް ނޫނޭ! މިއީ ކޮން ކަހަލަ ޖައްބާރުން
އަމިއް ލަބަހާ ސަގާފަތު ބަދަލުކޮށްގެން ގެންނަ ކުރިއެރުމެއް
އަމިއްލަ ނުވާނެކަން ނޭނގޭ! އެއީ ކޮން ކަހަލަ "މަރުމޯލުން"
ތަރައްގީ ކުރިމަގަށް ރޭވުމުގެ ފެންވަރު ނެތް ބޮޑެތި މޮޔައިން،
ބަލަން ތިއްބާ "އަމާ ކަރުގިލަ" ނަގައި ވިއްކާލަފާނެ އަތުން
ދިވެހި ގައުމަށް އޮތީ ޝަރަފެއް، އަމިއްލަ ބަހާއި، އިސްލާމްދީން
ރިވެތި މިޝަރަފު ބަދަލުކޮށްލަން މިއުޅެނީ ބޮޑެތި "އޮޑި މޯލުން"
ތަނުގެ ތިންބާރު ތެރެއިން ބާރަކަށް "ކަނޑު ކޮހަކު" ނެގުނީމާ
ތަނުގެ މާދަރިބަހާ، ދީނާ، ސަގާފަތު، ބީވެދާނެ އަތުން
ތަޞައްރަފުނެތް "ކިބަޅި" މީހުން، ސަފަށް ނެރެގެން ކުރާ ކަމަކުން
ތަނަށް ބޮޑު ގެއްލުމެއް ލިބި، ފޫނުބެއްދޭވަރު ވެދާނެ އަލުން
"ސިޔާސީ ކެންސަރުގެ" ބަލިމަޑުކަމުގެ ތެރެއިން ނަގާމީހުން،
ޚިޔާލާ ފިކުރުނެތް "މޯލުން" ކަމަށް ނޫނީ ނުވާނެ ފަހުން
ތިބާގެ ތަސައްރަފެއް ނެތްނަމަ ތަނަށް ޙާޒިރުވެ "ކޮސް ނުގޮވާ"
ޢިނާޔަތް، އަދި މުސާރަފުޅާ ނަގައި، ހުންނާށެ ގޭގަ މަޑުން
ކަމަށް ގާބިލުނުވާ މޮޔައިން "ދަނޑަށް ނެރެ ބޭންޑު އެޅުވީމާ"
ފަހަށް ހުރި ޙާލަކީ "ރަތްކާޑު ދައްކާފައި ދަނޑުން ބޭލުން"

3 Responses
ވަރަށް ބޮޑު ތެދެއް. ދުނިޔެއިން މޮޔަވެފައި ހުރި މީހަކު ދިއްގަރު ދާއިރާއިން ހޮވަޢިގެން ކޯންޗެއް ހަދަންބާ މި އުޅެނީ؟
މީހަކު ހަމަ އަސާސީގެ ދަށުން ބުނި ބުނިބުނުމަކުން އެވީ ޣައްދާރަކަށް ހެއްޔެވެ.
ކޮންމެހެން ދިވެިހި ބަހާއި ދިވެިހިންނާ ކުޅެން ނޫޅޭ. ތިޔަށްވުރެން މާ ރަނގަޅުވާނެ އެހެން ކަމަކާ އުޅުނިއްޔާ���