މަޑުމަޑުން އަހަރެން އެކަނި ގޮސް ހުއްޓިލީ ގުންޑޮޅިމަތީ
ކަނޑުގެ ދޮޅި އުފުލައިލަނީ އެ ވަގުތު ނިކަން މޮޅިކަންމަތީ
ކޮންމެ ރާޅެއްހެން މަގޭ ދެ ލޮލަށް ބަލައިލި ހިމޭން ގޮތުން
ކޮންމެ ވެސް ސިއްރެއް އެ ބޯތޭ ހީވަނީ ހަމަ ހިތްމަތީ
ހަރުއަޑުން ބުނެލީ އެ ތަންވަޅު ކުއްލި ގޮތަކަށް ކަނޑުއެކީ،
މަރުވެފައިހޭ ގަނޑުވެފައިހޭ ތިޔަ ހުރީ އަޅެ ފަސްމަތީ
ރޫޙު ނެތް އަދި ހަކަތަ ނެތް ނޫރެއް ހިތަކު އަދި ލޮލަކު ނެތް
ދޫ ސިކުނޑިޔާ އެކުވެ ނެތް ކޮން އުންމަތެއްހޭ ދެމި އޮތީ
ހަތަރު މީހުން ފަލިޖަހާ ކުޑަ ބޮއްކުރަޔަކަސް ހަމަ ހެވޭ،
ހަތަރު ބިތަކަށް ފަލި ޖެހޭ ނަމަ، ޚަތަމުވާށެ އެ އުޅެގަތީ
ދިވެހި ކަނޑު ބުނެދެންހެ އަދު ސިއްރެއް ތިބާ ވިސްނާލުމަށް
ދިވެހި މުޅި އުންމަތް އަހާން ވަގުތާ ޒަމާނުގެ ކުރިމަތީ
މި ވެހި ކީރިތި ބިން މިއަދު މި ދެކޭ ހަލާކުގެ ވޭނުގައި
ދިވެހި ބިން އެޅި ކަރުނައޭ ކަނޑަކީ، އެ ކަނޑު މި އުތުރިގަތީ