Support Us

އދގެ އަމީންޢާންމު މޮސްކޯއަށް ވަޑައިގަންނަވަނީ

އދގެ އަމީންޢާންމު އެންޓޯނިޔޯ ގުޓްރެސް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިނާ ބައްދަލު ކުރެއްވުމަށް މި އަންނަ އަންގާރަ ދުވަހު މޮސްކޯއަށް ވަޑައިގަންނަވާނެ ކަމަށް އދ ން ރޭ ހާމަކޮށްފިއެވެ.

އދގެ އަމީންޢާންމުގެ ނަންފުޅުގައި ވާހަކަފުޅު ދައްކަވާ ތަރްޖަމާނުގެ ނައިބާ އެރީ ކޮނިކޯ ނިވްޔޯރކުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ހާމަކުރެއްވި ގޮތުގައި އަމީން ޢާންމު ގުޓަރެސް މޮސްކޯގައި މި އަންނަ އަންގާރަ ދުވަހު ރައީސް ޕޫޓިނާ ބައްދަލު ކުރައްވާނެއެވެ. އެއަށްފަހު މިނިވަން ބައްދަލުވުމެއްގެ ތެރޭގައި މެންދުރުގެ މަސައްކަތު ފަރިއްކޮޅެއްގައި ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯފާ ވެސް ބައްދަލު ކުރައްވާނެއެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީއާއެކު ބާއްވަވަން ނިންމަވައިފައިވާ ބައްދަލުވުމާ ބެހޭގޮތުން ގުޓަރެސްގެ ތަރްޖަމާނުގެ ނައިބާ ވިދާޅުވިގޮތުގައި "އަހުރެމެން އަދިވެސް މި ދަނީ އެކަމާ ބެހޭގޮތުން ޔުކްރޭނާއެކު ވާހަކަދައްކަމުންނެވެ. އެކަމާ ބެހޭގޮތުން އިޢުލާނު ކުރާނެ އެއްޗެއް އަދިއެއް ނެތެވެ."

މޮސްކޯއަށާއި ކިޔޭފަށް ޒިޔާރަތް ކުރައްވަން އދގެ ވެރިޔާ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނިވްޔޯރކްގައި ހުންނަ ރަޝިޔާއާއި ޔުކްރޭންގެ ސަފީރުންނަށް މި ދިޔަ ބުދަދުވަހު ވަނީ ސިޓީފުޅުތައް ފޮނުއްވައިފައެވެ. އެހެނަސް ޔުކްރޭނުން އަދި ޖަވާބެއް ނުދެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *