Support Us

މަލެއް ލިބުނޭ އެއަށް ގޯނާކުރާން

ފަރިވެ ފޮޅިފައި އިން މަލެއް ލިބުނޭ އެއަށް ގޯނާކުރާން
އަރިހުގައި ލިބުނޭ އެކީގައި ރޭތަކެއް މުޅި ހުސްކުރާން

ފަތްތަކުގެ ނިވަލުން ނުކުމެ ހަމަ ހާމައަށް ދިން ފުރުޞަތަށް
ފަތްތަކުގެ ނިވަލަށް އަލުން ވެއްދީ ޙިމާޔަތް މާ، ކުރާން

ފިޔަތަކުގެ ބައްޓަންތަކަށް ޖެހި ޞަބުރުވެރިކަން އިސްކުރީ
ބިޔަ މަލުގެ ފިޔަތައް އެކީ ނޭދޭކަމުން ފިސްފިސް ކުރާން

އޮންނަ ބަދުނާމާ ތަފާތުވެދާ ހިނދުން ހިތް މާބުރެއް
ކޮންމެހެން ނޫޅޭނެޔޭ ފަރި މާތަކެއް ފުނޑުފުނޑު ކުރާން

ބުޅަލަކަށް ރޯ މަސް ނުބައި ވާނޭ ބުނާނީ ކާކުހޭ؟
ކުޅަ އެއީ ކެތްތެރިކަމޭ، އެ މަލަށް އަލުން ހޭހަންކުރާން

ބޯނެ ވަރަކަށް މާމަލުން ފޮނިބޯން ލިބޭ ފަހި ފުރުސަތަށް
ނޫނެކޭ ބުނަނީ ގޮވާ ނަފުސުގެ އެދުން ކިޔަމަން ކުރާން

މާމަލުން އެޅިޔަސް ހަނާ، އެކި ފުރަޞަތަށް ފުރަގަސްދެނީ
މާމަލަށް އެއްވެސް ދުކެއް ނޭދޭކަމުން ކުރިމަތިކުރާން

ރީތި، މަތިވެރި މާ މަލުން ފޮނިބޯން ލިބޭ ދަޢުވަތުތަކަށް
ތީތި ބޭނުން ނުކުރަނީ ކުށްފާފައިން ހިތް ހުސްކުރާން

ކޮންމެ ޅެމަކަށް ވިސްނިޔަސް "މާޒީ"ގެ މިދެނީ މެސެޖެކޭ
ކޮންމެހެން މަޞްދަރު ބުނާކަށް ނުޖެހެޔޭ، އެ ރިވާކުރާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ފޭރާން ހެޔޮ ޅެމެއް. ނިންމުންތައް އަދި ވަރަށް ސަޅި. ހުރިހާ ނިމުންތަކެއް "ރާން" އަށް ނިމިފައިވުން ސަޅި. އެކަމަކު "ބޯނެ ވަރަކަށް……" މި ބައިތު "މޫނެކޭ ލިބުނީ….." މިކަހަލަ ގޮތަކަށް ފެި ނަމަ އަދި މާ ފުރިހަމަވީސް" ހަމަ ޚިޔާލެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *