Support Us

ބަލަގަ އަސްލޭ ދެމި އޮތީ އަސްލަށް

ރަށް ގުޑާހެން އަޑުލިޔަސް ކަންކަން އޮތީ ހަމަ އޮތް ގޮތަށް
ހައްގު ނޫން ބަހަކުން ދޮގެއް ތެދަކަށް ނުވާނޭ ތިޔަ ގޮތަށް

އެކު ނުވާނޭހެން ތެލާ ފެން އެއްކުރާން އުޅުނެއް ކަމަކު
މެކުނު ފުމުނަސް ކިހިނަކުން ގާހަކަ ފުމޭނީ އެއް ގޮތަށް

އަލަ ގަހުން ކެޔޮ ނިރު ފަޅަންޏާ ނޫންހެ ތިޔަކަން ވާނެނީ
ބަލަގަ އަސްލޭ ދެމި އޮތީ އަސްލަށް، ކުރީންވެސް އޮތްގޮތަށް

ނެތް ޗަކޮއި ފޮނި ކެނޑި ހަނދާނެއް ނެތްވަރުން އެންމެންތެރޭ
އެއްޗަކުން ފެލިދާނެހޭ ދިޔައެއް ނެތަސް އެ ފެލާ ގޮތަށް

ލޯ ބިމާ ދުރުކޮށް ނަޒަރު އެކި ކަންކަމަށް ވިސްނައި ހަދައި،
ލޯބި ވާނީ ކެޔޮ ލިބެންދެން ނޫންހެ ތިޔަ ފަދަ ގޮތްގޮތަށް

ބަޔަކު ކަންކުރި ގޮތް ބަލައިގެން ދަސްކުރާން އެ ގޮތަށް ކުރާން
ގަޔަކު ނެތް ނަމަ ހަކަތައެއް އުޅުނަސް ނުވާނޭ އެއް ގޮތަށް

ވަރަ ނިކަން ލުހިދާނެ އަވަހަށް ތިރިވެލާށޭ ހަމަ ބިމަށް
ދަރަނި ކިހިނެއް ހަމަ ކުރާނީ އަރަނި ނަފަޔާ އެއް ގޮތަށް

ޢިބުރަތެއް ލިބިދާށިއޭ ވިސްނައިފި ނަމަ މި ޅެމާ މެދަށް
އިބުރެމެން ވިސްނައިބަލާ އެއް ހިތްވެގެން ހެޔޮ ގޮތްގޮތަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *