ލޮލުގެ ތަސްވީރާއި ގުޅިފައިވާ އެއީ ތަސްވީރެކޭ
ދުލުގެ ޝުކުރުން ފޯކުރާހާ ހެޔޮ ރަނގަޅު އިންސާނެކޭ
އަލިކަމާ ގަދަ ރޯޝަނީ ހޯދާ ހަޔާތުގެ ދެއްވިއޭ
ބަލިކަމެއް ނަފްސުގެނުވާ، ދީލަތި ވަފާތެރި ޔާރެކޭ
އިބުރަތުން ފުރިފައިވި އެތަކެއް ދަރުހަކާއި ފިލާވަޅާ
ލިބުނު ހޯދައިދިން އެއީ ލިޔެވުނު ހަޔާތުގެ ބާބެކޭ
ދަނެއު އިޚްލާސްތެރި އުޅުން ދިރިއުޅުމުގައި ލިބިދިން އެއީ
ފެނުނު ގޯތީ އޮޅިމަތިން ކީސާ ޖަވާހިރު ގުޅިއެކޭ
މަޑުމަޑުން ނޫނީ ވަޔާވެސް ހެލިނުލާނޭކަން ޔަޤީން
އުޑުދަށަށް އުފުލައިލި ކިއްލާއަކު އަމާން އޭ ދިދައެކޭ
ލަސްކަމެއް ފިކުރާ ޚިޔާލުގެ ހުއްޓަކަސްވެސް ޒާތުގައި
ފަސްނުޖެހި އަތުގައި ހިފާލަން ހިތްއެދޭ އޭ މީހެކޭ