* ރާގު: ޔާ މެރީ މަންޒިލް ބަތާ ޔާ ޒިންދަގީ…
ޔާއިލާހީ! އަޅަމެނާ އަޅަމެންގެ ޙާލަތު ބައްލަވާ
ޣާފިލުވެ މަގުފުރެދި ދާނޭ ޙާލަތެއް ނުމެ ޖައްސަވާ
ދީނުގައި އަޅަމެން އުޅެން އެންގެވި ގޮތާއި ފޮތާ އެކީ
ދީނުގައިއޮތް އެންމެ ސާބިތުކަން މަތީ ދަމަހައްޓަވާ
ދައްކަވާފައިވާ ރަނގަޅު ހުރިހާ މަގުން ޤުރްއާނުގައި،
ކަންކުރަން އަޅަމެން ޢަޤީދާ ހަރުދަނާ ކޮށް ދެއްވަވާ
ފިތުނަވެރި، ދީނުގެ ޢަދުއްވުން އެކުވެރީން ކަމުގައި ބަލައި،
އެކުއުޅެން ނުޖެހޭގޮތުން އަޅަމެންގެ ބޭނުން ފުއްދަވާ
ނުފުދިގެން ގޮސް ދީނަށާ، ގައުމަށް ތިބޭ ޣައްދާރުނަށް،
ރުހުމުގައި އެދިގެން ސަލާން ނުޖަހާ ފުދޭވަރު ދެއްވަވާ
އެކުވެރީން، ރަޙްމަތްތެރީންނާ، މިތުރުނާ، އަދި ހަތުރުނާ
އެކުއުޅެން އެކުވެރިވެގެން އެންގެވި މަގުން،މަގު ދައްކަވާ
އެންމެ މާތް އީމާނުގައި އަދި އެންމެ މަތިވެރި ދީނުގައި
އެންމެ ސާބިތުކަން މަތީ ހެޔޮ ރަޙްމަތުން މަރު ގަންނަވާ
