Support Us

ރަމަޟާނުގެ މަތިވެރިކަން ދެނެވަޑައިގަންނަވަމުތޯ؟

ކޮންމެ ރަމަޟާން މައްސަރެއްގައި ޚާއްސަ އެތަކެއް ރަޙްމަތެއް
ކޮންމެ މިކަހަލަ ފުރުސަތެއް ނިޢްމަތުގެ ދެއްވާ މައްސަރެއް

ކަންކަމަށް އެދި ދަންނަވަން މަތިވެރި އިލާހީ ޙަޒުރަތަށް
ލައްވަވައި މަތިވެރި ކުރެއްވެވި ދަރުމަވެރިމީ މައްސަރެއް

ނަރަކައިން ހުރިހާ ދޮރެއް ތަޅުލެވި އެކީގައި ބަންދުވުން،
ސުވަރުގޭ ހުރިހާ ދޮރެއް ހުޅުވޭ މި މަތިވެރި މައްސަރެއް

ލައިލަތުލްޤަދުރުގެ ނަމުން ޤުރްއާނުގައި ސާބިތުވެގެން
އައި ރެޔެއް ޤުރްއާނު ބާވައިލެއްވި މަތިވެރި މައްސަރެއް

ހާސް މަހުގެ މަތިވެރި ސަވާބާ ދަރުމަޔާ ދެއްވާ ރެޔެއް
ޚާއްސަކޮށް އެރެޔެއްގެ އަޅުކަމުގައިމެ ހިމެނޭ މައްސަރެއް

އެންމެހައި ޝައިޠާނުތައް ކަސްތޮޅު އެޅެވި އަދި ޤައިދުކޮށް
މިންޖުވާން ވަސްވާސްތަކުން ތެދުމަގު ގެނެސްދޭ މައްސަރެއް

މުޅި ޢުމުރުގައި އަހަރަކުން އެއްފަހަރު އަންނަ މި މައްސަރެއް
ކުރެވިފައިވާ ކުށްތަކަށް ތައުބާވުމަށް މޮޅު މައްސަރެއް

ފުރުސަތެއް މިކަހަލަ ނަގާ ނުމެލައި ހިނގައި ލިބިގަންނަމާ
ފުރްޞަތުގެ ބޭނުން ހިފައި ހިތްހެޔޮކުރަންވީ މައްސަރެއް

މީހަކަށް ދެވިފައިވިނަމަ ހިތްދަތިކަމެއް އަދި ދެރަ ކަމެއް
މީ އެކަމަކަށް މާފުއެދި ހިތްހެޔޮ ކުރަންވީ މައްސަރެޢް

އެކި ފަހަރު އެކި ކަންކަމާ ހެދި މީހުނަށް ދިން ގެއްލުމަށް
އެދި މަޢާފަށް އެކަކު އަނެކަކު މާފު ދޭންވީ މައްސަރެ

މާކުރިން މާޒީވެފައިވާ ކަންކަމުގެ ޛިކްރާ އަލުން
އާނުކޮށް ޙަސަދައިގެ އަލިފާން ނިންވުމަށް އައި މައްސަރެއް

އެކަކު އަނެކަކު ޙައްގަކަށް ވެވިފައިވިނަމަ އެޚިޔާނަތެއް
އެކަމުގައި މާފަން އެދުން، އަދި މާފުދޭންވީ، މައްސަރެއް

ޢާއިލާޔާ އަނބިދަރީންނާ ގާތްތިމާގެ އަވައްޓެރިން
ޙާލުގައި ތިބިނަމަ އެހީވާން ހާދަ މޮޅު ހެޔޮ މައްސަރެއް

އަދަދު ނޭނގޭހައި ކުށެއް އަދި ކުރެވުނަސް މާޔޫސު ނުވެ،
މަދަދުވެރި ﷲ އަށް ތައުބާ ވުމަށް މޮޅު މައްސަރެއް

މުސްލިމުން އެންމެން އެކީ ހެޔޮ ނިޔަތުގައި އަތުގައި ހިފައި،
"ދުޝްމަނުންނަށް ނޫނެކޭ ބުނެ" ގޮންޖަހަންވިީ މައްސަރެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *